ޖެޓީމަތިން ދުއްވާފައި ދިޔަ ބަގީއާއެކު މޫދަށް ވެއްޓުނު މޮރޮކޯގެ އަންހެން މީހާ ނިޔާވެއްޖެ އެވެ.
އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުންދިޔަ އެމީހާ ނިޔާވެފައިވަނީ ރޭގެ ވަގުތެެއްގަ އެވެ. އަދި އޭނާއަށް ފަރުވާދެމުން ދިޔައީ އައިސީޔޫ ގައި ކަމަށް ވަނީ މައުލޫމާތު ލިބިފަ އެވެ.
ބަގީ ވެއްޓުނު ހާދިސާއާ ގުޅިގެން ފުލުހުން ކުރިން ވިދާޅުވެފައިވަނީ މިހާދިސާ ހިނގާފައިވަނީ ބ އަތޮޅު ރިސޯޓެއްގައި މަސައްކަތް ކުރާ މުވައްޒަފަކު އެރިސޯޓުގެ ޖެޓީ މަތިން ބަގީ ދުއްވުމުގެ ތެރޭގައި ބަގީއާއެކު މޫދަށް ވެއްޓި ކަމަށެވެ.
މި ހާދިސާގެ ރިޕޯޓުކޮށްފައިވަނީ މިދިޔަ މަހު 30 ވަނަ ދުވަހު 23:10 ހާއިރު ކަމަށް ވެސް ފުލުހުން ވިދާޅުވެފައި ވެއެވެ.
މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަކަމަށް ވެސް ފުލުހުން ވިދާޅުވެ އެވެ.






