Close

ކްލަބް މޯލްޑިވްސް 2022 ގެ ޗެމްޕިއަންކަން ފެނަކަ އަށް!

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ކްލަބް މޯލްޑިވްސް ކަޕް 2022 ގެ ފައިނަލް މެޗް ބައްލަވާލައްވާ، މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެެއްވައިފި އެވެ.

މި މުބާރާތުގެ ފައިނަލް މެޗާއި މުބާރާތް ނިންމުމުގެ ރަސްމިއްޔާތު ކުރިއަށްގޮސްފައިވަނީ ރޭ ހުޅުމާލެ ރެހެނދި ފުޓްސަލް ދަނޑުގަ އެވެ.

މި ރަސްމިޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ 'ކިންގް އޮފް ފްޓްސަލް' އެވޯޑް ހަވާލުކޮށްދެއްވާފަ އެވެ. އަދި އެމަނިކުފާނު ވަނީ ކްލަބް މޯލްޑިވްސް ކަޕް 2022 ގެ ޗެމްޕިއަން ޓީމަށް މެޑަލް އަދި ޓްރޮފީ ހަވާލުކޮށްދެއްވާފަ އެވެ.

ކްލަބް މޯލްޑިވްސް ކަޕް 2022 ގެ ފައިނަލް މެޗުގައި ކުޅެފައިވަނީ ފެނަކަ ޓީމާއި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމް.ޕީ.އެލް) ގެ ޓީމެވެ. އަދި މި މެޗު 2-1 އިން އެމް.ޕީ.އެލް ޓީމު ބަލިކޮށް މުބާރާތް ކާމިޔާބު ކުރީ ފެނަކަ ޓީމެވެ.

ކްލަބް މޯލްޑިވްސް ކަޕް 2022ގައި 31 ޓީމުންވަނީ ބައިވެރިވެފަ އެވެ. އަދި ކްލަބް މޯލްޑިވްސް އިން މި މުބާރާތުގެ ތެރެއިން 'އެއިޓީން ތަރޓީ 2022' ގެ ނަމުގައި އަންހެން ޓީމުތަކަށް ފުރުޞަތު ދިނުމަށް ބޭއްވި މުބާރާތުގައި 5 ޓީމަކުން ވަނީ ބައިވެރިވެފަ އެވެ.

ކްލަބް މޯލްޑިވްސް ކަޕް ފެށުނީއްސުރެ ކްލަބް މޯލްޑިވްސް އިން އަންނަނީ އިޖުތިމާޢީ މައްސަލަތަކަށް އަހުލުވެރިކޮށް، ރައްޔިތުން ހޭލުންތެރިކުރުވުމަށް އަމިއްލަ ފަރުދުންނާއި މުއައްސަސާތަކާ ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރަމުން ނެވެ.

އެހެންކަމުން މިއަހަރުގެ މުބާރާތުގައި ކްލަބް މޯލްޑިވްސްއިން ޕްރޮމޯޓްކުރަނީ ބްލައިންޑް އެސޯސިއޭޝަނެވެ.

މީގެ އިތުރުން ކްލަބް މޯލްޑިވްސްއިން މި އަހަރު މުޅިން އަލަށް 'އެކޮއި' ޓެބެއްވަނީ ކްލަބް މޯލްޑިވްސް ވެބްސައިޓްގައި ހިމަނާފަ އެވެ.

'އެކޮއި' ގައި ހިމެނެނީ ކްލަބް މޯލްޑިވްސް ކަޕް 2022ގައި ކުޅުނު ކުޅުންތެރިންގެ ތެރެއިން ފާހަގަކޮށްލެވޭ ހުނަރުވެރި ކުޅުންތެރިންގެ މަޢުލޫމާތުތަކެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top