ގއ. ގެމަނަފުއްޓާއި މ. ރަތްމަންދޫގައި ކުޅިވަރު ވަސީލަތްތައް ގާއިމުކުރުމުގެ މަސައްކަތް ހަވާލުކޮށްފި އެވެ.
އެގޮތުން ގެމަނަފުށީގައި ޔޫތު އެންޑް ކޮމިއުނިޓީ ސެންޓަރު ތަރައްޤީކުރުމަށާއި ރަތްމަންދޫ ފުޓްސަލް ދަނޑު ތަރައްގީކުރުމުގެ މަސައްކަތް ވަނީ ހަވާލުކުރައްވާފަ އެވެ.
ގެމަނަފުށީ ކޮމިއުނިޓީ ސެންޓަރުގެ މަސައްކަތް ހަވާލު ކޮށްފައިވަނީ ލައިކަންސް އިންވެސްޓްމަންޓާ އެވެ. 120 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށް މި މަސައްކަތަށް 4،461،159.84 އަށެވެ.
މިއެއްބަސްވުމުގައި ޔޫތު މިނިސްޓްރީން ސޮއިކުރެއްވީ ސީނިއަރ އެގްޒެކެޓިވް ޑިރެކްޓަރ އިސްމާއިލް ރައޫފް އެވެ. ލައިކަންސް އިންވެސްޓްމަންޓުން ސޮއިކުރެއްވީ އެ ކުންފުނީގެ ވެރި ފަރާތް ޢަބްދުﷲ ކަލީމް އެވެ.
ރަތްމަންދޫ ފުޓްސަލް ދަނޑު ތަރައްގީކުރުން ހަވާލުކޮށްފައި ވަނީ ނެގާއި އިންވެސްޓްމަންޓާ އެވެ. މިމަސައްކަތް 50 ދުވަހުގެ ތެރޭގައި ނިންމާގޮތަށް ހަވާލުކުރީ 1،468،887.59 އަށެވެ.
މި އެއްބަސްވުމުގައި ޔޫތު މިނިސްޓްރީން ސޮއިކުރެއްވީ އެގްޒެކްޓިވް ޑިރެކްޓަރ ހައްވާ ނިހުލާ އެވެ. ނެގާއި އިންވެސްޓްމަންޓުން ސޮއިކުރެއްވީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އިސްމާއިލް ލަތީފް އެވެ.






