Close

ދެކުނުގެ ގިނަރަށްތަކަކާއެކު 15 ރަށަކަށް ސާރފިންގބޯޑު ހަވާލުކޮށްފި

މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އާއި މޯލްޑިވްސް ސާރފިން އެސޯސިއޭޝަން ގުޅިގެން ރާއްޖޭގެ 15 ރަށެއްގެ ޒުވާނުންވާ ބޭނުންވާ ސާރފް ބޯޑު އެ ރަށްތަކާއި ހަވާލުކޮށްފި އެވެ.
މާލެ ރާޅުގަނޑު ސަރަހައްދުގައި ކުރިޔަށްގެންދިޔަ ރަސްމިއްޔާތެއްގައި މި 15 ރަށަށް ސާރފް ބޯޑު ހަވާލުކޮށްދެއްވީ މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަހްމަދު މަހްލޫފް އެވެ.
މިނިސްޓަރ މަހްލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސާރފްކުރަން ދަސްކުރާނެ ސާރފް ބޯޑު ނުލިބުމަކީ ރަށްރަށުން އަޑުއިވުނު އެންމެ ބޮޑު ޝަކުވާ ކަމަށެވެ.
އެހެންކަމުން ރާއްޖޭގެ އެކިކަންކޮޅުތަކުގައި ޒުވާން ރާޅާ އެޅުންތެރިން އުފެއްދުމަށް 15 ރަށަކަށް 70 ސާރފް ބޯޑު ހަވާލުކުރެވިފައިވާ ކަމަށެވެ. އަދި މިއީ ސާރފިންގެ ކުރިއެރުމަށް އެޅުނު މުހިއްމު ފިޔަވަޅެއް ކަމަށެވެ.
ސާރފް ބޯޑު ހަވާލުކުރި ރަށްތައް:
ށ.ކަނޑިތީމް
ނ.ކުޑަފަރި
ނ.ޅޮހީ
ރ.ކިނޮޅަސް
ރ.ރަސްމާދޫ
ކ.ހިންމަފުށި
ކ.ގުރައިދޫ
ކ.ތުލުސްދޫ
މ.މުލަކު
މ.މުލީ
ދ.ކުޑަހުވަދޫ
ލ.މާބައިދޫ
ގދ.ވާދޫ
ގދ.ގައްދޫ
ފުވައްމުލަކު ސިޓީ
މިިނިސްޓަރުގެ އިތުރުން މި ރަސްމިއްޔާތުގައި ސާރފިން އޭސޯސިއޭޝަންގެ އިސްވެރިންނާއި ޔޫތް މިނިސްޓްރީގެ އިސްވެރިން ވެސް ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.
ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top