Close

ކަނޑު އޮތް ގިރި ބަނދަރު މަސައްކަތް ފަށަނީ ތައްޔާރުވެއްޖެ

ކ. ކަނޑު އޮތް ގިރި ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވެއްޖެ އެވެ.

މި މަސައްކަތްކުރާ ކުންފުނި އެމްޓީސީސީ އިން ވިދާޅުވީ މި މަސައްކަތް ނޮވެމްބަރ 13 ވަނަ ދުވަހު ޕްރޮޖެކްޓް ސައިޓް މޮބިލައިޒްކޮށްފައިވާ ކަމަށެވެ.

އެ ކުންފުނިން ވިދާޅުވީ މި މަޝްރޫއުގެ ދަށުން، 10،000 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި 10،000 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ނެރު ފުންކުރުމަށް ނިންމާފައިވާ ކަމަށެވެ. އަދި 125 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމަށް ވެސް ނިންމާފައިވާ ކަމަށެވެ.

މީގެ އިތުރުން 265 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 63 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުން ވެސް ހިމެނޭ ކަމަށް އެ ކުންފުނިން ވިދާޅުވި އެވެ.

36.13 މިލިއަން ރުފިޔާގެ މި މަޝްރޫއުގައި ހާބަރ ޕޭވްމަންޓް ހެދުމާއި، ބަނދަރު ބައްތި އާއި ނެރު ބައްތި ހަރުކުރުމުގެ މަސައްކަތް ވެސް ވަނީ ހިމެނެ އެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top