Close

އިލްމު އިންސްޓިޓިއުޓުން އަރަބި ބަސް އުނގަންނައިދިނުމުގެ މަޝްރޫއެއް ފަށަނީ

ރާއްޖޭގެ މުޖުތަމައުގައި އަރަބި ބަހަށް އަހައްމިއްޔަތުކަން ދޭ މިންވަރު އިތުރުކޮށް، މަދަރުސީ ތައުލީމު ހާސިލުކުރަމުންދާ ދަރިވަރުންނަށް ފޭރާންހެޔޮ އަދި ނަތީޖާ ނެރެދެވެނިވި ގޮތެއްގައި އަރަބި ބަސް އުނގަންނައިދިނުމުގެ މަގުސަދުގައި އިލްމު އިންސްޓިޓިއުޓުން މަޝްރޫއެއް ފަށަން ނިންމައިފި އެވެ.

އެ އިންސްޓިޓިއުޓުން ބުނި ގޮތުގައި މި މަޝްރޫއުގެ އަމާޒަކީ ބައިނަލްއަގްވާމީ ގޮތުން ފާހަގަކޮށްލެވޭ މުގައްރަރެއްގެ ތެރެއިން މަރުހަލާތަކަށް ބަހާލެވިގެން ފަރުމާކުރެވިފައިވާ މުޅި ޕްރޮގްރާމް ފުރިހަމަ ކުރާ ދަރިވަރުންނަކީ ފަސޭހައިން އަރަބި ބަހުން މުއާމަލާތު ކުރަން ދަންނަ ބަޔަކަށް ހެދުމެވެ. އަދި ކީރިތި ގުރުއާނާއި ރަސޫލާގެ ހަދީސްފުޅުތަކުގެ މާނަ ފަސޭހަކަމާއެކު ދެނެގަތުމުގެ ގާބިލުކަން ހުރި ޖީލެއް ބިނާކުރުމަކީ ވެސް މަގުސަދެއް ކަމަށް އެ އިންސްޓިޓިއުޓުން ބުނެ އެވެ.

ޕްރޮގްރާމްގެ ތަޢާރަފް
މިއީ ދިވެހިރާއްޖޭގެ މުޖުތަމަޢުގައި ޢަރަބި ބަހަށް އަހަންމިއްޔަތުކަން ދެވޭ މިންވަރު އިތުރުކޮށް، މަދަރުސީ ތަޢުލީމު ޙާޞިލްކުރަމުންދާ ދަރިވަރުންނަށް ފޭރާން ހެޔޮ އަދި ނަތީޖާ ނެރެވެނިވި ގޮތެއްގައި ޢަރަބި ބަސް އުނގަންނައިދިނުމުގެ މަޤްޞަދުގައި، ޢިލްމު އިންސްޓިޓިއުޓުން ފަށާ މަޝްރޫޢެކެވެ. މަޝްރޫޢުގެ އަމާޒަކީ، ބައިނަލްއަޤްވާމީ ގޮތުން ފާހަގަކޮށްލެވޭ މުޤައްރަރެއްގެ ތެރެއިން، މަރުޙަލާތަކަކަށް ބަހާލެވިގެން ފަރުމާ ކުރެވިފައިވާ މުޅި ޕްރޮގްރާމް ފުރިހަމަކުރާ ދަރިވަރުންނަކީ، ފަސޭހައިން ޢަރަބި ބަހުން މުޢާމަލާތުކުރަން ދަންނަ ބަޔަކަށް ހެދުމާ އެކު، ކީރިތި ޤުރްއާނާއި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ޙަދީޘްފުޅުތަކުގެ މާނަ ފަސޭހަކަމާ އެކު ދެނެގަތުމުގެ ޤާބިލުކަން ހުރި ޖީލެއް ބިނާކުރުމެވެ.

ކިޔަވައި ދިނުން ކުރިއަށް ގެންދާނެ ގޮތް
މި ޕްރޮގްރާމްގައި ކިޔަވައި ދިނުން އެއްކޮށްހެން ކުރިއަށް ގެންދާނީ ޢަރަބި ބަހުންނެވެ. މިޕްރޮގްރާމުގައި ހަމައެކަނި ފޮތްބައެއް ނިންމާލަން އުޅުމުގެ ބަދަލުގައި އަޅުގަނޑުމެން އިސްކަންދޭނީ އެދަރިވަރަކު ކިޔަވަމުން ދާ މަރުޙަލާއެއްގައި ޙާޞިލު ވާން ޖެހޭ ބަހުގެ ހުނަރުތައް އެންމެ ރަނގަޅަށް ޙާޞިލުވެގެން އަނެއް މަރުޙަލާއަށް ބަދަލުވެ، ޕްރޮގްރާމް އެއްކޮށް ނިންމާލުމަށެވެ.

މުޅި ޕްރޮގްރާމް ނިމޭއިރު ޙާޞިލުވާނެ ނަތީޖާ
މުޅި ޕްރޮގްރާމް ނިމޭ އިރު، ޢަރަބި ބަހުން މުޢާމަލާތް ކުރުމާއި ޢަރަބި ބަހުން ލިޔެވިފައިވާ ތަކެތި ފަހުމް ވުމަށް ބޭނުންވާ އެންމެހާ ހުނަރުތަކެއް ﷲގެ އިރާދަފުޅާއެކު ދަރިވަރުންނަށް ރަނގަޅަށް ޙާޞިލު ކުރެވޭނެއެވެ. މިއާއެކު، ދަރިވަރުން ވާނީ ޢަރަބި ބަސް ނުވަތަ އެބަހާ ގުޅިފައިވާ އެކިއެކި ދާއިރާތަކުން ކުރިއަށް ދިއުމަށް ފުރިހަމައަށް ތައްޔާރުވެފައެވެ. ހަމަ އެހެންމެ ޢަރަބި ބަހުން އޯ ލެވެލް އިމްތިޙާނު ހަދަން ބޭނުންވެއްޖެ ދަރިވަރަކަށް އެ އިމްތިޙާނު ހަދައި، މަތީ ނަތީޖާއެއް ހޯދޭ ފެންވަރު އެކުދިންގެ ކިބައިގައި ހުންނާނެއެވެ

އަމާޒުކުރެވޭ އުމުރުފުރާ
މި ޕްރޮގްރާމް އަމާޒުކުރެވޭނީ 7 އަހަރާ 16 އަހަރާ ދެމެދުގެ އުމުރުފުރާގެ މަދަރުސީ ތަޢުލީލމު ހާސިލުކުރަމުންދާ ދަރިވަރުންނަށެވެ. ދަރިވަރު ޕްރޮގްރާމް ފެށުމަށްފަހު އެދަރިވަރުގެ އުމުރު 16 އަހަރު ފުރުނު ނަމަވެސް އެދަރިވަރަކަށް ޕްރޮގްރާމް ނިންމުމުގެ ފުރުސަތު ފަހިކޮށްދެވޭނެއެވެ. އަދި 16 އަހަރު ފުރޭ ދަރިވަރުން، އަޅުގަނޑުމެންގެ އެމް.ކިޔު.އޭ ޢަރަބި ކޯސްތަކަށް ބަދަލުވާން އެދޭ ނަމަ، އެ ފުރުސަތު މަގުފަހި ކޮށްދެވޭނެއެވެ.

ކުލާސްތައް ކުރިޔަށްދާނެ ގޮތާއި ގަޑިތައް
ކުލާސްތައް ކުރިޔަށްގެންދެވޭނީ، ހަފްތާއަކު 5 ދުވަހު، ހެނދުނު ދަންފަޅިއާއި މެންދުރުފަހު ދަންފަޅިއަށް ބަހާލައިގެން ކުލާހަށް ހާޒިރު ވެގެންނެވެ. ހެނދުނު ދަންފަޅި އަމާޒުކުރުވެނީ މެންދުރުފަހު ސްކޫލުގައި ކިޔަވާ ދަރިވަރުންނަށެވެ. އަދި މެންދުރުފަހު ދަންފަޅި އަމާޒުކުރެވެނީ ހެނދުނު ސްކޫލުގައި ކިޔަވާ ދަރިވަރުންނަށެވެ.
ދަރިވަރު ކިޔަވަން ހާޒިރުވާނެ ސީދާ ދުވަސްތަކާއި ގަޑިތައް ކަނޑައެޅިގެންދާނީ، ފެންވަރު ވަޒަންކުރުމުގެ އިމްތިޙާނު ނިމުމުންނެވެ.

ކުލާހުގެ ފީ
މަހަކަށް 800 ރުފިޔާ.

އިތުރު މަޢުލޫމާތު
ޕްރޮގްރާމާ ގުޅޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށް އިލްމް އިންސްޓިޓިއުޓްގެ ހޮޓްލައިން: 7707997

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top