Close

"ދިރާގު ފުޓުބޯޅަ އީދު" ކެމްޕެއިން ލޯންޗުކޮށްފި

"ދިރާގު ފުޓުބޯޅަ އީދު" ކެމްޕެއިން ލޯންޗުކޮށްފި އެވެ.

މި ކެމްޕެއިން ލޯންޗުކޮށްފައިވަނީ ދިރާގު ހެޑް އޮފީހުގައި ބޭއްވި ހާއްސަ ޕްރެސް ކޮންފަރެންސެއްގަ އެވެ.

ދިރާގުގެ އެސިސްޓަންޓް މެނޭޖާރ އެޑްވަރޓައިޒިންގ، ހަސަން ޝާރިހް ވިދާޅުވީ އަންނަ ހަފުތާގައި ގަތަރުގައި ބާއްވާ މި އަހަރުގެ އެންމެ ބޮޑު ފުޓުބޯޅަ މުބާރާތަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފޯރިގަދަކޮށް ފާހަގަކުރާ އިވެންޓެއް ކަމަށެވެ. އެގޮތުން މި ކުޅިވަރު އީާއި ގުޅިގެން "ދިރާގު ފުޓުބޯޅަ އީދު" ލޯންޗުކުރުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

"މި ކެމްޕެއިންގެ ޚާއްސަ ޕްރޮމޯޝަންތަކައި އޮފާރތަކުގެ ޒަރިއްޔާއިން އަޅުގަނޑުމެން ބޭނުންވަނީ މި މުބާރާތް ދިވެހިރާއްޖޭގެ ހުރިހާ ފުޓުބޯޅަ ސަޕޯޓަރުންނާއި ހަމައަށް ގެނެސްދޭން. " ޝާރިހް ވިދާޅުވި އެވެ.

ދިރާގުން ކުރިއަށް ގެންދާ "ފުޓުބޯޅަ އީދު" ކެމްޕެއިންގެ ދަށުން އެކުންފުނިން ދިރާގު ޚިދުމަތްތަކައި ގުޅުވައިގެން ބޮޑު ތިން ޕްރޮމޯޝަނެއް ކުރިއަށް ގެންދާނެ އެވެ.

  • ޖެހީ ލިބުނީ ޖީބީ: މި ޕްރޮމޯޝަންގެ ދަށުން ކޮންމެ ކަސްޓަމަރަކަށްވެސް އެބޭފުޅަކު ސަޕޯޓުކުރާ ޓީމް ގޯލެއް ޖެހުމުން ހިލޭ 1ޖީބީ ޑޭޓާ (ކޮންމެ މެޗަކަށް ޖުމްލަ 5ޖީބީ ޑޭޓާއާ ހަމައަށް) ލިބޭނެއެވެ. ހިލޭ ޑޭޓާ ހޯދުމަށް ކަސްޓަމަރުންނަށް ދިރާގު ވެބްސައިޓް މެދުވެރިކޮށް ސަޕޯޓުކުރާ ޓީމް ރެޖިސްޓަރކުރެވޭނެއެވެ. ކޮންމެ ކަސްޓަމަރަކަށްވެސް ޓީމް ރެޖިސްޓަރ ކުރެވޭނީ އެއް ފަހަރުއެވެ.
  • މެޖިކް ޑޭޓާ: 350 ރުފިޔާއަށް 25ޖީބީ ލިބޭ މި އެޑް-އޮން އެކްޓިވޭޓްކުރާ ހުރިހާ ޕްރީޕެއިޑް ކަސްޓަމަރުންނަށްވެސް ރެންޑަމްކޮށް 100% އާ ހަމައަށް ހިލޭ އިތުރު ޑޭޓާ ލިބޭނެއެވެ. އަދި މި ޑޭޓާ 30 ދުވަހުގެ މުއްދަތަށް ބޭނުންކުރެވޭނެއެވެ.
  • ޑަބަލް ޑޭޓާ: މި ކެމްޕެއިން މުއްދަތުގައި  މޮބައިލް ޕޯސްޓްޕެއިޑް، މޮބައިލް ބްރޯޑްބޭންޑް އަދި ފައިބާރ ބްރޯޑްބޭންޑްގެ ވަކި ޑޭޓާ ބޫސްޓާތަކެއް ނެގުމުން އެއްއަގެއްގައި ހިލޭ ދެގުނަ ޑޭޓާ ކަސްޓަމަރުންނަށް ލިބިގެންދާނެއެވެ.

މީގެ އިތުރުން މި ކެމްޕެއިން ކުރިއަށްދާ މުއްދަތުގައި ދިރާގުގެ ޓްވިޓާރ، އިންސްޓަގްރާމް އަދި ފޭސްބުކް ޕޭޖުތަކުގައި ކޮންމެ ހަފުތާއަކުވެސް ޚާއްސަ ލަކީޑްރޯއެއް ކުރިއަށް ގެންދާނެއެވެ. "ގެސް ދަ ޕްލޭޔާ؟" ގެ ނަމުގައި ކުރިއަށްގެންދާ މި ކުއިޒްގައި ބައިވެރިވެގެން ކޮންމެވެސް 5 ނަސީބުވެރިއަކަށް 3000 ރުފިޔާގެ ގިފްޓް ވައުޗަރެއް ލިބިގެންދާނެއެވެ. އަދި މި ފަސް ބުރުގައި ބައިވެރިވާ ފަރާތްތަކުގެ މެދުގައި ނެގޭ ގުރުވަތުން މޮޅުވާ އެއް ބޭފުޅަކަށް ޕްލޭސްޓޭޝަން 5 އަދި ފީފާ 23 ގޭމެއްވެސް ދިރާގުން ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން "ދިރާގު ފުޓުބޯޅަ އީދު" ގެ ޚާއްސަ ވައިބަރ އަދި ޓެލެގްރާމް ސްޓިކަރ ޕެކެއްވެސް ދިރާގުން ވަނީ ފަރުމާކޮށްފަ އެވެ.

"ދިރާގު ފުޓުބޯޅަ އީދު" ގެ ޚާއްސަ ޕްރޮމޯޝަންތަކާއިއެކު އެކުންފުނީގެ އަމާޒަކީ މި ކުލަގަދަ ކުޅިވަރު އީދު ރާއްޖޭގެ ހުރިހާ ފަރާތްތަކައި ހަމައަށް ގެނެސްދީ ތަފާތު ގިނަ އައު އޮފާރތައް ހެޔޮ އަގުގައި ގެނެސްދިނުމެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top