Close

ހޯމް މިނިސްޓްރީގެ ނައިބުގެ މަގާމަށް އަޝްރަފް އަލީ އައްޔަން ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މިނިސްޓަރ އޮފް ހޯމް އެފެއާޒްގެ ނައިބުގެ މަޤާމަށް ބޭފުޅަކު އައްޔަން ކުރައްވައިފި އެވެ.

މި މަގާމަގަށް އައްޔަން ކުރައްވާފައިވަނީ ގއ. ނިލަންދޫ، ލިލީމާގޭ، އަޝްރަފް ޢަލީ އެވެ.

އޭނާ އަކީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއިން 2016 ވަނަ އަހަރު މާސްޓާސް ޑިގްރީ އިން ލެންގުއޭޖެ އެންޑް ކަލްޗަރ ހާޞިލްކުރައްވާފައިވާ ބޭފުޅެކެވެ.

އަޝްރަފް ވަނީ އެވިޑް ކޮލެޖްގެ ފެކަލްޓީ އޮފް އާޓްސް އެންޑް ކަލްޗަރގެ ޑީންގެ މަގާމާއި، އަލިމަސް އެކަޑެމީގެ ރައީސްގެ މަގާމު ވެސް ކުރިން އަދާކުރައްވާފަ އެވެ. އަދި ދިވެހި ބަހުގެ އެކަޑެމީގެ ރައީސްގެ މަގާމު ވެސް އަދާކުރައްވާފައި ވެއެވެ.

މީގެ އިތުރުން އޭނާއަށް ވަނީ ސާކް ލިޓްރަރީ އެވޯޑް 2019 ވަނަ އަހަރު ލިބިވަޑައިގަންނަވާފަ އެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top