Close

ރާއްޖޭގައި މިހާތަނަށް ހަދާފައިވާ އެންމެ ބޮޑު ޓީޓީ ހޯލް، ރައީސް ހުޅުއްވައިދެއްވައިފި

ރާއްޖޭގައި މިހާތަނަށް ހަދާފައިވާ ޖާގައިގެ ގޮތުން އެންމެ ތަނަވަސް ޓީޓީ ހޯލް “މާލެ ޓީޓީ ހޯލް” ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ހުޅުވައިދެއްވައިފި އެވެ.

މިއީ ކުޅިވަރުގެ ދާއިރާ ހަރުދަނާކޮށް ކުރިއެރުވުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން ހަދާފައިވާ ތަނެކެވެ.

ސަރުކާރުގެ ފުދުންތެރިކަން ހުރި މިންވަރަކުން ރާއްޖޭގައި ކުޅިވަރު ތަރައްޤީކޮށް ވަސީލަތްތައް އިތުރުކޮށް ރާއްޖޭގެ ކުޅުންތެރިންނަށް ކުޅިވަރުގެ ދާއިރާއިން ރާއްޖެއާ ރާއްޖެއިން ބޭރުން ފުރުސަތުތައް އިތުރުކޮށްދިނުމަށް ސަރުކާރުން އަންނަނީ މުހިންމު މަސައްކަތްތަކެއް ކުރައްވަމުން ނެވެ.

އެގޮތުން މިހާތަނަށް ބައިނަލްއަޤްވާމީ ތަފާތު އެތައް ކުޅިވަރު މުބާރާތެއް ރާއްޖޭގައި ބާއްވާފައި ވެއެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމްވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

މި ހުޅުވި ޖާގައިގެ ގޮތުން ތަނަވަސް ޓީޓީ ހޯލްގައި ބާރަ ޓީޓީމޭޒު ހިމެނެ އެވެ. މި ސަރުކާރުން 2021 ވަނަ އަހަރު ވަނީ ޓީޓީ ހޯލެއް ހުޅުމާލޭގައި ހުޅުވާފަ އެވެ. އަދި މިއަހަރު ފުވައްމުލައް ސިޓީގައި ވެސް ޓީޓީ ހޯލެއް ވަނީ ހުޅުވާފަ އެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top