Close

ކޯވިޑް-19ގެ ހާލަތުގައި އިގްތިސާދީ ފިޔަވަޅުތަކަށް ޕްރައިވެޓް ސެކްޓަރއިން ދެއްވި އެއްބާރުލުމަށް ނައިބު ރައީސްގެ ޝުކުރު!

ކޯވިޑް-19ގެ ހާލަތުގައި ސަރުކާރުން އެޅުއްވި އިގްތިސާދީ ފިޔަވަޅުތަކަށް ޕްރައިވެޓް ސެކްޓަރއިން ދެއްވި އެއްބާރުލުން ފާހަގަކުރައްވާ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ޝުކުރު އަދާކުރައްވައިފި އެވެ.

އެމަނިކުފާނު މިކަމަށް ޝުކުރު އަދާކުރެއްވީ "ގޯލްޑް 100 ގާލާ" ޙަފްލާ ޝަރަފްވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގަ އެވެ.

މި ހަފުލާ ބާއްވާފައިވަނީ ކްރޮސްރޯޑް މޯލްޑިވްސް ގަ އެވެ.

ނައިބު ރައީސް ވިދާޅުވީ ކޯވިޑް-19ގެ ހާލަތުގައި ކުރިމަތިވި އިޤުތިޞާދީ ގެއްލުންތަކުން އަރައިގަނެވުނީ ސަރުކާރާއި އެކު ޕްރައިވެޓް ސެކްޓަރ އިންވެސް ކުރި މަސައްކަތުން ކަމަށާއި އެ ހާލަތުގައި އެ ފަރާތްތަކުން ދެއްވި އެއްބާރުލެއްވުން ފާހަގަ ކުރައްވާ ކަމަށެވެ.

މީގެ އިތުރުން ގައުމެއް، ގައުމެއްގެ ގޮތުގައި ދެމި އޮންނަނީ އެގައުމެއްގެ އިގްތިސާދު ބިނާވެފައިވާ ގޮތުގެ މައްޗަށް ކަމަށާއި ރާއްޖޭގެ އިގްރިސާދު ހިފެހެއްޓުމުގައި ޕްރައިވެޓް ސެކްޓަރ އިން ކުރާ މަސައްކަތްތަކަށް ޝުކުރުއަދާކުރަން ޖެހޭ ކަމަށެވެ.

ހަމަމިއާއެކު ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަކީ މުޅިން ޕްރައިވެޓް ސެކްޓަރގެ މައްޗަށް ބިނާވެފައިވާ ސިނާޢަތެއް ކަމަށާއި ރާއްޖޭގެ އިގްތިސާދު އެއް ސިނާއަތެއްގެ މައްޗަށް ބަރޯސާކޮށްގެން ތިބޭ ތިބުން ބަދަލުކުރަން ޖެހިފައިވާ ކަމަށެވެ. އަދި އިގްތިސާދު ސިންދަފާތު ކުރުމުގެ މަސައްކަތް ކުރަންޖެހޭ ކަމަށާއި އެކަމަށް ގޮންޖެހުންތައް އޮތްކަން ވެސް ފާހަގަކުރެއްވި އެވެ.

އެމަނިކުފާނި ވިދާޅުވީ ސަރުކާރުގެ ވިސްނުމަކީ ވިޔަފާރިވެރިންނާއި ވިޔަފާރިކުރާ ފަރާތްތަކަށް ލުއިފަސޭހަކަން ހޯދައި ދިނުން ކަމަށެވެ.

މިގޮތުން ކޯވިޑް-19ގެ ހާލަތުގައި ވިޔަފާރިތަކަށް ސަރުކާރުން ފޯރުކޮށްދެއްވި މާލީ އެހީތަކުގެ މައްޗަށް އެމަނިކުފާނުގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވި އެވެ.

ހަޔާތީ އަރުތައިގެ އެވޯޑް ލިބިވަޑައިގެންނެވި ދަމާސް ކޮމްޕެނީގެ ޗެއާމަން މުޙައްމަދު ސާލިހަށް، ނައިބު ރައީސް އެވޯޑު ހަވާލުކޮށްދެއްވަނީ - ފޮޓޯ: ރައީސް އޮފީސް

މިހަފްލާގައި، "ގޯލްޑް 100" މެގަޒިން ނެރެދެއްވުމުގެ އިތުރުން، ހަޔާތީ އަރުތައިގެ އެވޯޑް ލިބިވަޑައިގެންނެވި ދަމާސް ކޮމްޕެނީގެ ޗެއާމަން މުޙައްމަދު ޞާލިޙަށް އެވޯޑް ހަވާލުކޮށްދެއްވީ ނައިބު ރައީސް އެވެ.

"ގޯލްޑް 100" އަކީ ވިޔަފާރީގެ ދާއިރާއިން ރާއްޖޭގައި ފާހަގަކޮށްލެވޭ އެންމެ ކާމިޔާބު 100 ކުންފުނި ހިމެނޭ ލިސްޓެކެވެ. "ގޯލްޑް 100 ގާލާ" ހަފްލާގައި މިލިސްޓުގައި ހިމެނުނު 100 ކުންފުންޏަށް ވަނީ އެވޯޑް ހަވާލުކޮށްފަ އެވެ.

"ގޯލްޑް 100 ގާލާ" ޙަފްލާއަކީ ރާއްޖޭގެ ވިޔަފާރިވެރިންގެ އެންމެ އިސް ފަރާތްތައް އެއްތަނަކުން ބައްދަލުވެ، ވިޔަފާރީގެ އާ ފުރުސަތުތައް ހޯދާފަރާތްތަކަށް ވެސް އެފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ބާއްވާ ހަފްލާއެކެވެ.

މި ހަފްލާގައި ރާއްޖޭގެ ވިޔަފާރިވެރިންނާއި ވިޔަފާރިތަކުގެ ޗެއަރމަނުންނާއި، މެނޭޖިންގ ޑިރެކްޓަރުންނާއި، ސީ.އީ.އޯ. އިންނާއި، ވިޔަފާރިތަކުގައި ހަރަކާތްތެރިވާ އިސްފަރާތްތަކުން ބައިވެރިވެވަޑައިގެންނެވި އެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top