Close

އެސްޓީއޯ އިން "ބިގް 5" ގައި ބައިވެރިވެއްޖެ

އިމާރާތްކުރުމުގެ ސިނާއަތުގައި އެންމެ ނުފޫޒު ބޮޑު އެއް ފެއަރ ކަމަށްވާ "ބިގް 5" ގައި ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަނުން ބައިވެރިވެއްޖެ އެވެ.

އެސްޓީއޯއިން މި ފެއަރގައި އެގްޒިބިޓަރެއްގެ ގޮތުގައި ބައިވެރިވުމުގެ މަގްސަދަކީ އެސްޓީއޯ ކޮންސްޓްރަކްޝަންސްގެ ވިޔަފާރި ބައިނަލްއަގްވާމީ ބާޒާރަށް ފުޅާކުރުމުގެ ފުރުސަތު ފަހިކުރުމެވެ.

އެސްޓީއޯ މޯލްޑިވްސްގެ ނަމުގައި މި ފެއަރގައި ގާއިމްކޮށްފައިވާ ސްޓޯލްގައި އެސްޓީއޯ ކޮންސްޓްރަކްޝަން ސޮލިއުޝަންސް އިން ވިއްކާ ބާވަތްތައް ވަނީ ދައްކާލާފަ އެވެ.

އެގޮތުން ހިލައާއި ހިލަވެލި، ދަގަނޑު، ދަގަނޑު ހޮޅި، ފަތި ހޮޅި އަދި ޕްލައިވުޑާއި، ޝަޓަރިންގ ފިލާގެ އަދި އެސްޓީއޯ ސިމެންތި ދައްކާލެވޭނެ އެވެ.

ޑިސެމްބަރު މަހުގެ 5 ން 8 އަށް ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ ޑުބާއީގައި ކުރިޔަށްދާ މި ފެއަރގައި ދުނިޔޭގެ 60 އަށްވުރެ ގިނަ ގައުމަކުން އެގްޒިބިޓަރުންގެ ގޮތުގައި ބައިވެރިވެ އެވެ. އަދި 150 އަވުރެ ގިނަ ގައުމުން ފެއަރގައި ބައިވެރިވެ އެވެ.

 

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top