Close

ރައީސް، ފަރެސްމާތޮޑާއަށް ފުރާވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިހު، ގދ. ފަރެސްމާތޮޑާ އަށް ފުރާވަޑައިގެންފި އެވެ.

އެމަނިކުފާނުގެ މި ދަތުރުފުލަކީ ރާއްޖޭގެ 42 ވަނަ މަސްވެރިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން، އެރަށުގައި ކުރިޔަށް ގެންދާ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގެންނެވުމަށް ކުރައްވާ ދަތުރުފުޅެކެވެ.

މި ދަތުރުފުޅުގައި މިއަހަރުގެ މަސްވެރިންގެ ދުވަހުގެ މުނާސަބަތާއި ގުޅިގެން އެރަށުގައި ކުރިޔަށްދާ އެކިއެކި ހަރަކާތްތައް ބައްލަވައިލައްވާނެ އެވެ.

މިގޮތުން މަސްވެރިންގެ ދުވަހާއި ގުޅުވައިގެން ކުރިޔަށްގެންދާ ފިޝަރީޒް އެކްސްޕޯއަށް ޒިޔާރަތްކުރައްވައި، މަސްވެރިންގެ ދުވަހާއި ގުޅުވައިގެން ދެޖިންސަށް ހުޅުވާލައިގެން ބާއްވާ މަސްކެނޑުމުގެ މުބާރާތެއް ވެސް ޝަރަފްވެރިކޮށްދެއްވާނެ އެވެ.

މީގެ އިތުރުން އެރަށު ކައުންސިލާއި، އ.ތ.މ ކޮމިޓީ އަދި މަސްވެރިންނާ ވެސް ބައްދަލު ކުރައްވާނެ އެވެ. އަދި މިރޭ ބޭއްވުމަށް ހަމަޖެހިފައިވާ މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާ ޝަރަފުވެރިކޮށްދެއްވުމަށް ވެސް ވަނީ ހަމަޖެހިފަ އެެވެ.

އެމަނިކުފާނުގެ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގަންނަވާނީ މާދަމާއެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top