Close

އިލެކްޝަން ކޮމިޝަނުގެ ރައީސް ކޮމިޝަނަރ އޮފް ޕޮލިސްއާ ބައްދަލުކުރައްވައިފި

އިލެކްޝަން ކޮމިޝަނުގެ ރައީސް ފުއާދު ތަޢުފީގު ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދުއާ ބައްދަލުކުރައްވައިފިއެވެ.

އިސްކަންދަރު ބިލްޑިންގގައި މިއަދު ކުރިއަށް ގެންދިޔަ އެ ބައްދަލުވުމުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ރަޝީދު، އިލެކްޝަން ކޮމިޝަނުގެ ނައިބު ރައީސް އަލްއުސްތާޛް އިސްމާޢީލް ޙަބީބު ޢަބްދުއްރަޙީމް އަދި ފުލުހުންގެ އެކި ޑިޕާޓްމަންޓުތަކުގެ އިސްވެރިންނާއި އިލެކްޝަން ކޮމިޝަނުގެ މެންބަރުންނާއި އިސްވެރިން ބައިވެރިވެލެއްވިއެވެ.

އެ ބައްދަލުވުމުމަކީ އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގެ ސަލާމަތީ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ބޭއްވި ބައްދަލުވުމެކެވެ.

އެގޮތުން، ރިޔާސީ އިންތިޚާބުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމާއި އިލެކްޝަން ކޮމިޝަނުން ފުލުހުންގެ ފަރާތުން ބޭނުންވާ ސެކިއުރިޓީ ދިނުމާ ގުޅޭގޮތުން މަޝްވަރާކުރެެއްވިއެވެ.

އަދި ރިޔާސީ އިންތިޚާބުގެ އެކި ކަންކަމުގައި އިލެކްޝަން ކޮމިޝަނުން ފުލުހުންގެ ފަރާތުން ބޭނުންވާ އެހީތެރިކަން ދިނުމަށްވެސް އެ ބައްދަލުވުމުގައި މަޝްވަރާކުރެއްވިއެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top