Close

ދެ އެކްސިޑެންޓެއް ހިނގައި އެކަކު ނިޔާވެ، 4 މީހަކަށް އަނިޔާ ވެއްޖެ

ބްރިޖު ޓްރެފިކް ލައިޓް ކައިރީ ހިނގި އެކްސިޑެންޓުގައި އަނިޔާވި މީހާ ނިޔާވެއްޖެ އެވެ.

ފުލުހުން ވިދާޅުވީ މިއީ ކާރަކާއި ސައިކަލެއް ޖެހި، ހިނގި އެކްސިޑެންޓެއް ކަމަށެވެ. އަދި އެ ހާދިސާގެ މައުލޫމާތު ލިބިފައިވަނީ މެންދުރު 2:30 ހާއިރު ކަމަށެވެ.

އެކްސިޑެންޓުގައި އަނިޔާވި މީހާ ޓްރީ ޓޮޕް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށާއި އެމީހާ ނިޔާވެފައިވާ ކަމަށް އެ ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތު ދެއްވާފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

ފުލުހުން ވިދާޅުވީ ނިޔާވެފައިވަނީ 54 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

މީގެ އިތުރުން ހުޅުމާލެ ފޭސް 2 ގައި ދެ ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގާފައިވާކަމުގެ މައުލޫމާތު ވެސް މިއަދު މެންދުރު އެކެއް ޖެހިއިރު ލިބިފައިވާ ކަމަށް ވެސް ފުލުހުން ވިދާޅުވި އެވެ.

މި އެކްސިޑެންޓުގައި ތިން ފިރިހެނަކާއި އަންހެނަކަށް އަނިޔާވެފައިވާ ކަމަށާއި އެމީހުންނަށް ފަރުވާ ދިނުމަށް ހުޅުމާލޭ ހޮސްޕިޓަލަށް ގެންގިސްފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

ފުލުހުން ވިދާޅުވީ އެއް ސައިކަލް ދުއްވާފައިވަނީ 23 އަހަރުގެ އަންހެނެއް ކަމަށާއި އޭނާއަކީ ސައިކަލް ދުއްވުމުގެ ލައިސަންސް ނެތް މީހެއް ކަމަށެވެ. އަދި އަނެއް ސައިކަލް ދުއްވި ފިރިހެން މީހާ އަތުގައި ލައިސަންސް އޮންނަކަމަށެވެ.

މި ދެ އެކްސިޑެންޓުގެ މައްސަލަ ވެސް ފުލުހުން މިހާރުގެންދަވަނީ ތަހުގީގު ކުރައްވަމުން ނެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top