ވީޑުން ތަގައްޔަރުވެފައިވާ ސްޕިނެޗް ކައިގެން އޮސްޓްރޭލިއާގައި ބަޔަކު ވިހަ ވެއްޖެ އެވެ.
ވީޑުން ތަގައްޔަރުވެފައިވާ ބޭބީ ސްޕިނެޗް ކައިގެން މީހުން ވަރަށް ބޮޑަށް ބަލިވެ، ހެލޫސިނޭޝަންގެ ޝިކާރައަކަށްވެ، އޮސްޓްރޭލިއާގެ 17 މީހަކަށް ވަނީ ސިއްޙީފަރުވާ ހޯދަން ޖެހިއްފަ އެވެ.
ނިއު ސައުތު ވޭލްސް، ކޮސްޓަރިކާގެ ރިވިރާއު ފާރމްއިން އުފައްދާ މި ބޭބޫ ސްޕިނެޗް ކެއުމުން އަނގަ ހިކިވެ ހުންއައިސް، ލޮލުގެ ފެނުމަށް ދަތިވެ އަދި ހިތުގެ ދުވެލި އަވަސްވެ "ޑެރިލިއަމް" ފަދަ އަލާމާތްތައް ފެނިފައިވާ ކަމަށް ސިއްޙީ އޮފިޝަލް މަޢުލޫމާތު ދެއްވާއިރު، އަދި މިހާތަނަށް އެއްވެސް މީހެއްގެ ފުރާނައަށް ގެއްލުންވެފައި ނުވެއެވެ.
ރިވިއާ ފާމް އިން ޤަބޫލުކުރާގައި މި ސްޕިނެޗް ބެޗް ވަނީ "ވީޑް" އަކުން ތަޢައްޔަރު ވެފައެވެ. އަދި އެހެން އެއްވެސް އުފެއްދުމަކަށް މީގެ އަސަރު ކޮށްފައި ނުވާ ކަމަށް ބުނެއެވެ.
1880 ގެ އަހަރު ތަކުން ފެށިގެން ތާޒާ ކާނާ ފޯރުކޮށްދެމުންދާ ރިވިރާ ފާމާއިން މިކަމާ ގުޅިގެން ނެރެފައިވާ ބަޔާނުގައިވާ ގޮތުން 16 ޑިސެމްބަރ 2022 އަށް މުއްދަތު ހަމަވާ އެއް ކިލޯގްރާމް ޕްލާޓިކް ޕެކް ތަކުގައި ވީޑުން ތަޢައްޔަރުވެދާނެ ކަމަށާއި ބޭނުންކޮށްފިނަމަ ސިއްޙީގޮތުން ނުރައްކާ ވެދާނެކަމަށް ބުނެފައިވެއެވެ.
މިކަމާ ގުޅިގެން ނިއު ސައުތު ވޭލްސްގެ ހެލުތުން 16 ޑިސެމްބަރ 2022 އަށް މުއްދަތު ހަމަވާ ބޭބީ ސްޕިނެޗް ޕެކްޓްތައް ނައްތާލުމަށާއި ސްޕިނެޗް ކެވިގެން އާދާޔާ ހިލާފް އަލާމާތެއް ފެނިއްޖެ ނަމަ އަވަސް ފަރުވާ ހޯދުމަށް އިލްތިމާސްކޮށްފައިވެއެވެ. އަދި މި ބަލި ޖެހިފައިވަނީ ސިޑްނީގެ މީހުން ނަމަވެސް ކަމާ ގުޅޭ އިދާރާތަކުން މައްސަލަ ތަހުގީގުތައް ކުރިއަށް ދާއިރު ރައްކާތެރި ފިޔަވަޅެއްގެ ގޮތުން އެހެން ސްޓޭޓް ތަކުގެ ކަމާބެހޭ ފަރާތްތަކަށް ނިއު ސައުތު ވޭލްސް ހެލްތުން ވަނީ އަލާޓް ދީފައެވެ.







