Close

ގދ. ތިނަދޫ އަށް، އެމްޓީސީސީ އިން ކޮންކްރީޓް ގަލާއި ބޮޑު ހިލައިގެ ފުރަތަމަ ޝިޕްމަންޓް ގެންގޮސްފި

ގދ. ތިނަދޫ އަށް، އެމްޓީސީސީ އިން ކޮންކްރީޓް ގަލާއި ބޮޑު ހިލައިގެ ފުރަތަމަ ޝިޕްމަންޓް ގެންގޮސްފި އެވެ.

މިއީ އެރަށު އިންޑަސްޓްރިއަލް ޒޯންގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ މަސައްކަތަށް ބޭނުންވާ ސާމާނެވެ.

އެ ކުންފުނިން ވިދާޅުވީ ކޮންކްރީޓް ގަލާއި ބޮޑު ހިލައިގެ ފުރަތަމަ ޝިޕްމަންޓް  ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައިވާ ކަމަށެވެ. އަދި މިހާރު ކުރިއަށްދަނީ ބިން ހިއްކުމާއި ބަނދަރު ފުންކުރުމުގެ މަސައްކަތް ކަމަށެވެ.

މި މަޝްރޫޢުގެ ދަށުން، 10.6 ހެކްޓަރުގެ ސަރަޙައްދެއްގެ ބިން ހިއްކުމާއި، 1521 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމަށް ނިންމާފައިވާ ކަމަށާއި 555 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 166 މީޓަރުގެ ޝީޓް ޕައިލް މަސައްކަތް ވެސް ހިމެނޭ ކަމަށް އެ ކުންފުނިން ވިދާޅުވެ އެވެ.

މީގެ އިތުރުން 4492 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމާއި، ބޮލާރޑްއާއި ފެންޑަރާއި ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނޭ ކަމަށް ވެސް ވިދާޅުވި އެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top