މާލެއިން ގެއްލިގެން ހޯދަމުންދިޔަ، ލ. މާވަށު، ކުންނާރުމާގޭ، މޫނާ އަނީސް ފެނިއްޖެ އެވެ.
ދިވެހި ފުލުހުންގެ ހިދުމަތުން އެކަން ހާމަކުރައްވާ ވަނީ ޓްވީޓެއް ކުރައްވާފަ އެވެ. އެ ޓްވޯޓުގައި ވިދާޅުވެފައިވަނީ ގެއްލިގެން ހޯދަމުންދިޔަ އުމުރުން 32 އަހަރުގެ މޫސާ އަނީސް ފެނިފައިވާ ކަމަށާއި އާއިލާ އާ ގުޅިފައިވާ ކަމަށެވެ. އަދި ހާލު ރަނގަޅު ކަމަށް ވެސް ވިދާޅުވި އެވެ.
އަނީސް ގެއްލިގެން ހޯދަން ފަށާއިވަނީ މި މަހު 24 ވަނަ ދުވަހުން ފެށިގެން އާއިލާއަށް އޭނާގެ ޚަބަރެއްނުވާތީ، ފުލުހުންނަށް އެކަން ރިޕޯޓު ކުރުމާއި ގުޅިގެން ނެެވެ.
އޭނާ އެންމެފަހުން ފެނުނީ މިމަހުގެ 24 ވަނަ ދުވަހުކަމަށާއި އޭގެ ފަހުން އޭނާގެ ޚަބަރެއް ޢާއިލާއަށް ނުވެގެން އެކަން ފުލުހުންނަށް ރިޕޯޓްކުރީ މި މަހުގެ 27 ވަނަ ދުވަހު ކަމަށް ވެސް ފުލުހުން ކުރިން ވިދާޅުވެފައި ވެއެވެ.






