Close

ދުނިޔޭގެ މެރިޓައިމް ޔުނިވާސިޓީއައި ރާއްޖޭއާއި ދެމެދުގައި މީހުން ބިނާކުރުމާމެދު މަޝްވަރާކޮށްފި

ރާއްޖޭގެ މެރިޓައިމް ސިނާއަތުގައި މަސައްކަތް ކުރައްވާ މީހުން ބިނާކުރުމަށްޓަކައި ވާލްޑް މެރިޓައިމް ޔުނިވާސިޓީއައި އެކު ރާއްޖޭގެ ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން މިނިސްޓްރީން މިއަދު މަޝްވަރާކޮށްފައެވެ.

އޮންލައިންކޮށް ކުރިޔަށްގެންދިއަ މި މަޝްވަރާ ބައްދަލުވުމުގައި މިނިސްޓްރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން އައިޝަތު ނަހުލާ އާއި ޑެޕިއުޓީ މިނިސްޓަރ ހަމަދު އަބްދުލް އަނީ އާއި ކަމާބެހޭ އިސް ބޭފުޅުން ބައިވެރިވެވަޑައޮގެންނެވިއެވެ. އަދި ވާލްޑް މެރިޓައިމް ޔުނިވާސިޓީގެ ފަރާތުން އެތަނުގެ ރައީސް ޑޮކްޓަރ ކްލިއޯޕެޓްރާ ޑޮމްބިއާ ހެންރީ އަދި ނައިބް ރައީސު ޕްރޮފެސަރ މާ ޝުއޯ ބައިވެރިވެ ވަޑައިގެންނެވިއެވެ.

މި ބައްދަލުވުމުގައި ރާއްޖޭގެ މެރިޓައިމް ސިނާއަތުގައި މަސައްކަތް ކުރައްވާ ފަރާތްތަކަށް އަމާޒުކޮށްގެން ކުރުކޯސްތައް ހިއްގަވައި ދެއްވާނެކަމަށާއި އެގޮތުން އީ-ލާނިން ޕްލެޓްފޯމް ބޭނުންކުރެވޭނެގޮތަށް ކަންކަން ހަމަޖައްސަވައި ދެއްވުމާއެކު ވާލްޑް މެރިޓައިމް ޔުނިވާސިޓީން ކުރިޔަށް ގެންދަވާ 50 ހަށްވުރެ ގިނަ ކުރު ކޯސްތަކުގެ ތެރެއިން ރާއްޖެއަށް އެންމެ ބޭނުންވާ ކުރު ކޯސްތައް ހިންގުމަށް ކަމުގެ ތަޖްރިބާކާރު ބޭފުޅުން ފޮނުވައްވައި ދެއްވާނަކަން އެ ޔުނިވާސިޓީގެ ފަރާތުން ވަނީ ހާމަކުރައްވާފައެވެ.

އެ ޔުނިވާސިޓީން ވަނީ މީގެކުރިން އެ ޔުނިވާސިޓީއިން ދިވެހިރާއްޖޭގެ 15 މީހަކު ތައުލީމު ހާސިލުކޮށްފައިވާކަން ފާހަގަކުރަށްވާފައެވެ. އަދި އެފަރާތްތަކުގެ ޚިދުމަތް ރާއްޖެއަށް ލިބެމުންދާނެކަން ފާހަގަކުރެއްވިއެވެ. މިހާރުވެސް އެ ޔުނިވާސިޓީގައި ދިވެހިރާއްޖޭގެ 2 ދަރިވަރަކު ސްކޮލާޝިޕްގެ ތެރެއިން ކިޔަވަމުންދާކަން ފާހަގަކުރައްވަމުން އެ ޔުނިވާސިޓީން ވަނީ ކުރިޔަށް އޮތްތާގައި ޕޯސްޓް ގްރެޖުއޭޓް ކޯސްތައް އޮންލައިންކޮށް ކުރިޔަށް ގެންދިއުމުގެ ފުރުސަތު ރާއްޖެއަށް ލިބިގެންދާނެކަން ވެސް ފާހަގަކުރައްވާފައެވެ.

1980 ގެ އަހަރުތަކުގެ ކުރީކޮޅު، ޚާއްޞަކޮށް ކުޑަކޮށް ތަރައްގީވެފައިވާ ޤައުމުތަކުގައި، ޤާބިލު، ކަނޑާއިގުޅޭ މަތީ ތަޢުލީމާއި ތަޖުރިބާކާރުންގެ ދަތިކަން އިންޓަރނޭޝަނަލް މެރިޓައިމް އޯގަނައިޒޭޝަން (އައި.އެމް.އޯ)ގެ ތެރޭގައި ހުރިކަން ފާހަގަކުރެވުމާއި ގުޅިން 1983 ވަނަ އަހަރު އައި.އެމް.އޯ އިން ވޯލްޑް މެރިޓައިމް ޔުނިވާސިޓީ (ޑަބްލިޔު.އެމް.ޔޫ) އުފެއްދެވިއެވެ.

މި ޔުނިވާސިޓީ އަކީ ސްވިޑެންގައި ގާއިމްކޮށްފައިވާ ޔުނިވާސިޓީއެކެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top