Close

ކޮންމެ މީހަކުވެސް ތެދުވެރިކަމާއެކު ޒިންމާތައް އަދާކުރެއްވުމަށް ނައިބު ރައީސް އެދިވަޑައިގެންފި

ކޮންމެ މީހަކުވެސް ތެދުވެރިކަމާއެކު ޒިންމާތައް އަދާކުރެއްވުމަށް ނައިބު ރައީސް ފައިސަލް ނަސީމް އެދިވަޑައިގެންފިއެވެ.

އެމަނިކުފާނު މިހެން އެދިވަޑައިގެންނެވީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީން ކުރިއަށްގެންދިޔަ ފަހި މުސްތަގުބަލް ސްޕީކާ ސީރީސް 2023 ގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މަގާމަށް ވަޑައިގަތުމުގެ ކުރިން ކުރެއްވި މަސައްކަތްޕުޅުތަކާއި އެކި ތަޖުރިބާތައް ހިއްސާ ކުރައްވަމުން ވިދާޅުވީ ވަނީ ތަފާތު މީހުންނާއެކު މަސައްކަތްކުރެއްވުމުން ގިނަ ކަންކަން ދަސްވާކަން ފާހަގަކުރައްވާފައެވެ. އަދި ކޮންމެ މީހެއްގެ ކައިރިން ވެސް ދަސްވާނެކަންކަން ހުންނާނެކަން ގަބޫލުކުރައްވައި މަސައްކަތްކުރެއްވިކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން އަބަދުވެސް މީހުންގެ ލަފަޔާ އިރުޝާދާއިއެކު މަސައްކަތްކުރެއްވުމަށް ފަސޭހަފުޅުވާ ކަމަށާއި މަސައްކަތުގެ މާހައުލަށް އަލަށް ވެންނެވުމަށްފަހު އެމަނިކުފާނު ތަޖުރިބާކުރެއްވި ކަންކަން ވެސް ހިއްސާ ކުރެއްވިއެވެ.

ހަމަ އެއާއެކު ކަމަކުން ކާމިޔާބު ހާސިލުކުރުމަށް މަސައްކަތްތައް ބައްޓަންކުރެވިދާނެ ގޮތްތަކާގުޅޭގޮތުން ވިދާޅުވީ މަސައްކަތުގެ މާހައުލުގައި ކުރިމަތިވާ ގޮންޖެހުންތަކުން އަރައިވަޑައިގަތުމަށް ހުންނެވިތަނުން ކެނޑިވަޑައިގެން އެހެންތަނަކަށް ބަދަލުވެވަޑައިގެންނެވުމުގެ ބަދަލުގައި އެ ގޮންޖެހުމާއި ކުރިމަތިލައްވައި އެކަން ހައްލުކުރައްވައި ޒިންމާ އަދާކުރެއްވިކަމަށެވެ.

ނައިބު ވަނީ ވަކި މަގާމެއްގައި ހުރެގެން މަސައްކަތެއް ކުރެވޭނެކަމަށް ގަބޫލުކުރުން ދޫކޮށްލައި، ކޮންމެ މަގާމެއްގައި ހުރެގެން ވެސް ގައުމީ ހިދުމަތް ކުރުމަށް ބާރުއަޅުއްވާފައެވެ. އަދި ރަނގަޅު ނަސޭހަތްދެއްވާ ފަރާތްތައް ހަނދާންކުރުމަށް ވެސް ބާރުއެޅުއްވިއެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top