ޑރ. މުޙައްމަދު މުޢިއްޒު، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ ޤާނޫނީ ހުވައި ކުރެއްވުމާއި، ޙުސައިން މުޙައްމަދު ލަޠީފް، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ކަމުގެ ޤާނޫނީ ހުވައި ކުރެއްވުން މިއަދު ހަވީރު އޮންނާނެއެވެ.
މިކަމަށް ބާއްވާ ރައްޔިތުންގެ މަޖިލިސްގެ ޖަލްސާ ތާވަލުކޮށްފައި ވަނީ މިއަދު ހަވީރު 16:45 އަށެވެ.
ހުވާކުރެއްވުމުގެ ޖަލްސާގައި އައު ރައީސުލްޖުމްހޫރިއްޔާ މަޤާމުގެ ޤާނޫނީ ހުވައި ކުރެއްވުމަށްފަހު، ތަޤްރީރު ކުރައްވާނެއެވެ.
މިއަދަކީ ރާއްޖޭގައި ރިޔާސީ އައު ދައުރެއް ފެށިގެންދާ ދުވަހެވެ.






