ޑރ.މުޙައްމަދު މުޢިއްޒު، އެކުލަވައިލައްވާ ވަޒީރުންގެ މަޖިލީހުގެ މެންބަރުން، މަޤާމުގެ ޤާނޫނީ ހުވައި ކުރެއްވުމާއި، އެބޭފުޅުންނަށް މަގާމުގެ ފަތްކޮޅު ދެއްވުމުގެ ރަސްމިއްޔާތު މިރޭ 7:45 ގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބާއްވަން ނިންމައިފިއެވެ.
ވަޒީރުންގެ މަޖިލީހަށް މެންބަރުން ޢައްޔަނު ކުރެއްވުމުގެ ރަސްމިއްޔާތަށްފަހު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އެންމެ އިސް މަގާމުތަކަށް ޢައްޔަނު ކުރައްވާ ބޭފުޅުންނަށް މަގާމުގެ ފަތްކޮޅު ދެއްވުންވެސް މިރޭ އޮންނާނެ ކަމަށް ރައީސް އޮފީހުން ވަނީ ހާމަކުރައްވާފައެވެ.
އައު ސަރުކާރުގައި ޖުމްލަ 22 ވުޒާރާއެއް އުފައްދަން ވަނީ ނިންމާފައެވެ.






