ޑރ. މުޙައްމަދު މުޢިއްޒު، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ އަދި އަލްއުސްތާޒް ހުސައިން މުހައްމަދު ލަތީފު ރައީސުލްޖުމްހޫރިއްޔާގެ ނައިބު ކަމުގެ ހުވާ އިއްޔެ ކުރެއްވުމާއެކު ރާއްޖެ އައު އަމާން މިސްރާބަކަށް ދަތުރު ފަށައިފިއެވެ.
މި ދެ ބޭފުޅުން އިއްޔެ ހުވާ ކުރައްވާފައިވާއިރު، އެއަށްފަހު ވަނީ އިސްލާމީ މަރުކަޒަށް ވަޑައިގެން ޖަމާއަތުގައި ނަމާދު ކުރައްވާފައެވެ.
އައު ސަރުކާރުގެ ކެބިނެޓް ޢިއުލާން ކުރެއްވީ ރޭގައެވެ. 22 މިނިސްޓްރީއެއްގެ މައްޗަށް އެކުލެވޭ މި ކެބިނެޓްގައި ހިމެނޭ ބޭފުޅުންނަކީ،
- މިނިސްޓަރ އޮފް ޑިފެންސް ކަމުގެ މަގާމަށް އަލްފާޟިލް މުޙައްމަދު ޣައްސާން މައުމޫން.
- މިނިސްޓަރ އޮފް ފޮރިން އެފެއާޒް، ކަމުގެ މަގާމަށް އަލްފާޟިލް މޫސާ ޒަމީރު.
- މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ، ކަމުގެ މަގާމަށް އަލްފާޟިލް ޢަލީ އިޙްސާން.
- މިނިސްޓަރ އޮފް ފިނޭންސް، ކަމުގެ މަގާމަށް ޑޮކްޓަރ މުޙައްމަދު ޝަފީޤް.
- މިނިސްޓަރ އޮފް އެޑިޔުކޭޝަން، ކަމުގެ މަގާމަށް ޑޮކްޓަރ އިސްމާޢީލް ޝަފީޢު.
- މިނިސްޓަރ އޮފް ހެލްތް، ކަމުގެ މަގާމަށް ޑޮކްޓަރ ޢަބްދުالله ޚަލީލް.
- މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް، ކަމުގެ މަގާމަށް އަލްފާޟިލް މުޙައްމަދު ސަޢީދު.
- މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް، ކަމުގެ މަގާމަށް އަލްފާޟިލް އަޙްމަދު ޝިޔާމް.
- އެޓަރނީ ޖެނެރަލް، ކަމުގެ މަގާމަށް އަލްއުސްތާޛު އަޙްމަދު އުޝާމް.
- މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް، ކަމުގެ މަގާމަށް ޑޮކްޓަރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދު.
- މިނިސްޓަރ އޮފް ޓޫރިޒަމް، ކަމުގެ މަގާމަށް އަލްފާޟިލް އިބްރާހީމް ފައިޞަލް.
- މިނިސްޓަރ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް، ކަމުގެ މަގާމަށް ޑޮކްޓަރ ޢާއިޝަތު ޝިހާމް.
- މިނިސްޓަރ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން، ކަމުގެ މަގާމަށް އަލްފާޟިލް ޢަބްދުالله ރާފިޢު.
- މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް، އެންވައިރަންމަންޓް އެންޑް އެނަރޖީ، ކަމުގެ މަގާމަށް އަލްފާޟިލް ޠާރިޤު އިބްރާހީމް.
- މިނިސްޓަރ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓް، ކަމުގެ މަގާމަށް ޑޮކްޓަރ ޢަލީ ހައިދަރު އަޙްމަދު.
- މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން، ކަމުގެ މަގާމަށް އަލްފާޟިލް މުޙައްމަދު އަމީން.
- މިނިސްޓަރ އޮފް ދިވެހި ލެންގުއޭޖް، ކަލްޗަރ އެންޑް ހެރިޓޭޖް، ކަމުގެ މަގާމަށް އަލްފާޟިލް އާދަމް ނަޞީރު އިބްރާހީމް.
- މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް، ކަމުގެ މަގާމަށް ޑޮކްޓަރ މަރްޔަމް މާރިޔާ.
- މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ، ކަމުގެ މަގާމަށް ޑޮކްޓަރ ޢަބްދުالله މުއްޠަލިބް.
- މިނިސްޓަރ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ، ކަމުގެ މަގާމަށް ޑޮކްޓަރ ޢާއިޝަތު ރަމީލާ.
- މިނިސްޓަރ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް، ކަމުގެ މަގާމަށް އަލްފާޟިލް އިބްރާހީމް ވަޙީދު.
- މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރންމަންޓް އެންޑް ޕަބްލިކް ވާރކްސް، ކަމުގެ މަގާމަށް އަލްފާޟިލް އާދަމް ޝަރީފް.
މީގެ އިތުރުން ރައީސް އޮފީސްގެ އިސް މަގާމުތަކަށް ވެސް ރޭ ވަނީ ބޭފުޅުން އައްޔަނު ކުރައްވާފައެވެ.
- ސްޕެޝަލް އެޑްވައިޒަރ ޓު ދަ ޕްރެޒިޑެންޓް- ޢަބްދުއްރަޙީމް ޢަބްދުﷲ
- ޗީފް އޮފް ސްޓާފް- ޢަބްދުالله ފަޔާޟް
- މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް ފޮރ ޕްރެޒިޑެންޝަލް އެފެއާޒް- ޢަލީ ޢާރިފް
- މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް- ޢަބްދުﷲ ނާޞިރު
- މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް- އާދަމް ރަމީޒް
- މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް ފޮރ ސްޓްރެޓީޖިކް ކޮމިއުނިކޭޝަން- އިބްރާހީމް ޚަލީލް
- މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް ފޮރ ލީގަލް އެފެއާޒް- އަލްއުސްތާޛު އަޙްމަދު ޙިޝާމް ވަޖީހު
- ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރ- ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔަރޑް) އިބްރާހީމް ލަޠީފް
- ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ފޮރިން ރިލޭޝަންސް- މުޙައްމަދު ނަޞީރު
- ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ކެބިނެޓް އެފެއާޒް- އަޙްމަދު ޢަލީ ޙަބީބް
- ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ކޯޕަރޭޓް ޑިވެލޮޕްމަންޓް- މުޙައްމަދު ޝާހިދު
- ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ކޯޕަރޭޓް ސަރވިސަސް- ޙުސައިން ޢާމިރު
- ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ލީގަލް އެފެއާޒް- އަލްއުސްތާޛު ޢައްބާސް ޝަރީފް
- ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ- ޑޮކްޓަރ ޢާއިޝަތު އިކްރާމް
- ޕްރިންސިޕަލް އެޑްވައިޒަރ ޓު ދަ ޕްރެޒިޑެންޓް އޮން ޓްރޭޑް އެންޑް އިންވެސްޓްމަންޓް- މުޙައްމަދު ޢަލީ ޖަނާޙް
- އެޑްވައިޒަރ ޓު ދަ ޕްރެޒިޑެންޓް އޮން ޓޫރިޒަމް ޑިވެލޮޕްމަންޓް- މުޙައްމަދު ޚަލީލް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕްރިންސިޕަލް އެޑްވައިޒަރ ޓު ދަ ޕްރެޒިޑެންޓް އޮން ޓްރޭޑް އެންޑް އިންވެސްޓްމަންޓްގެ މަގާމާއި، އެޑްވައިޒަރ ޓު ދަ ޕްރެޒިޑެންޓް އޮން ޓޫރިޒަމް ޑިވެލޮޕްމަންޓްގެ ގޮތުގައި ހަމަޖެއްސެވި ބޭފުޅުންނަކީ އެއްވެސް މުސާރައެއް އިނާޔަތެއް ނުނަންގަވާގޮތައް ހަމަޖައްސަވާފައިވާ ދެ ބޭފުޅުންނެވެ.
މީގެ އިތުރުން ވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ، މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އެމްބެސެޑަރ އެޓް ލާޖް އޮފް ދަ މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ މަގާމަށް ޑޮކްޓަރ ޢަލީ ނަޞީރު މުޙައްމަދާއި، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއާޒްގެ މަގާމަށް މުޙައްމަދު ޝަހުދީ ހަމަޖައްސަވާފައެވެ.






