އައްޑޫ ސިޓީ ހިތަދޫ ކައިރީގައި އޮންނަ ފަޅު ރަށަކަށް ދަތުރު ގޮސް އުޅުނު މީހަކު ނިޔާވެއްޖެއެވެ.
މި ހާދިސާ ހިނގާފައި ވަނީ ހިތަދޫ ކައިރީގައި އޮންނަ އެއްރުއްހެރާ ގައެވެ.
ފުލުހުން ވިދާޅުވީ، ދަތުރުގޮސް އުޅުނު މީހަކު ހާލު ދެރަވެގެން ކޯސްޓްގާޑްގެ އެހީތެރިކަމާ އެކު ފޭދޫ ސިއްހީ މަރުކަޒަށް ގެންގޮސްފައިވާކަމުގެ މައުލޫމާތު މިއަދު 12:55 ހާއިރު ލިބިފައިވާ ކަމަށެވެ.
ސިއްހީ މަރުކަޒާ ހަވާލާދީ ފުލުހުން ބުނީ، އެ މީހާ ސިއްހީ މަރުކަޒަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށެވެ.
ނިޔާވެފައި ވަނީ ވަނީ 29 އަހަރުގެ ދިވެހި ފިރިހެނެހެވެ.






