Close

ބޮޑު އަގުނަގާ މައްސަލަ ހައްލުކުރުމަށް ހުރިހާ ކޯޓާއެއް ހައްޖު ކޯޕަރޭޝަނަށް ދޭން މަޝްވަރާކުރަނީ

އިސްލާމިކް މިނިސްޓަރ ޑރ މުޙައްމަދު ޝަހީމް ޢަލީސަޢީދު.

ހައްޖަށް ދާ މީހުން އަތުން ބޮޑު އަގުނަގާ މައްސަލަ ހައްލުކުރުމަށް ހުރިހާ ކޯޓާއެއް ހައްޖު ކޯޕަރޭޝަނަށް ދޭން ސަރުކާރުން މަޝްވަރާ ފަށައިފިއެވެ.

މިކަން ހާމަކުރެއްވީ އިސްލާމީކަންތައްތަކާ ބެހޭ ވުޒާރައިގެ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދު އެވެ.

ޝަހީމް ރޭ ޕީއެސްއެމް ނިއުސްގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ވިދާޅުވީ، ޙައްޖު ކޯޓާ ދޭ ބައެއް އަމިއްލަ ކުންފުނިތަކުން މީހުން އަތުން މާގިނައިން ލާރިނަގާ މައްސަލައަކީ ހައްލު ހޯދަންޖެހިފައިވާ މައްސަލައެއް ކަމަށެވެ.

''މާގިނަ ލާރި ރައްޔިތުންގެ އަތުން ނަގަނީ. 75،80،90 ހާސް ބިޑްގައި ޖަހާފައި، އިތުރަށް 50ހާސް 70 ހާސް އެބަ ނަގާ މީހުން އަތުން. މިއީ ރައްޔިތުންނަށް ލިބޭ ވަރަށް ބޮޑު ގެއްލުމެއް. މިނޫންގޮތެއް އެބަ ހޯދަން ޖެހޭ. އެހެންވީމައި މަޝްވަރާކުރެވެމުން ދަނީ ޙައްޖު ކޯޕަރޭޝަންއަށް މުޅިން ދޭނީތޯ، ނޫނީ ކިހިނެތްތޯ ކަން ކުރެވޭނީ." ޝަހީމް ވިދާޅުވެފަވެއެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top