ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް ލެފްޓިނެންޓް ޖެނެރަލް އަބްދުﷲ ޝަމާލް ސިފައިންގެ ހިދުމަތުން ޝަރަފްވެރިކަމާއެކު ރިޓަޔާ ކުރައްވައިފި އެވެ.
ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމަށް އައްޔަންކުރެއްވީ 12 ޑިސެމްބަރު 2018 ގައި ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް އެވެ.
ޝަމާލް ރިޓަޔާކުރައްވާފައި މިވަނީ ސިފައިންގޭގައި 35 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތް ކުރެއްވުމަށްފަހު އެވެ.
ޝަމާލް ރިޓަޔާ ކުރައްވާފައިވާއިރު، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމަށް ކުރިން ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމުގައި ހުންނެވި މޭޖާ ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފް އައްޔަންކުރައްވާފައެވެ.






