Close

އެމް-ފައިސާއިން ބިލްތައް ދައްކައިގެން އައިފޯން 15 ޕްރޯ މެކްސްއެއް ހޯދުމުގެ ފުރުސަތު

އުރީދޫ މޯލްޑިވްސްގެ ޑިޖިޓަލް ވޮލެޓް ޕްލެޓްފޯމް އެމް-ފައިސާ އިން ބިލްތައް ދައްކައިގެން އައިފޯން 15 ޕްރޯ މެކްސް އެއް ހޯދުމުގެ ފުރުސަތު ލިބޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.

މި ޕްރޮމޯޝަން އާއި ގުޅިގެން އުރީދޫ އިން ބުނެފައި ވަނީ ހަ މަސް ދުވަހަށް ކުރިއަށްގެންދާ މި ޕްރޮމޯޝަންގައި އެމް-ފައިސާ ބޭނުންކުރާ ކަސްޓަމަރުންގެ ތެރެއިން ނަސީބުވެރި އެއް ފަރާތަކަށް ކޮންމެ ދެ މަހަކުން އައިފޯން 15 ޕްރޯ މެކްސް ކާމިޔާބު ކުރުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ.

މި ޕްރޮމޯޝަންގައި ޔޫޓިލިޓީ ބިލް ދެއްކުމާއި މާޗަންޓް ޓްރާންސެކްޝަންތަކަށް ކޮންމެ މަހަކު 1،500 ރުފިޔާ އާއި އެއަށްވުރެ މަތިން އެމް-ފައިސާ މެދުވެރިކޮށް މުއާމަލާތްކުރާ ކަސްޓަމަރުން އޮޓަމެޓިކުން ލަކީ ޑްރޯގައި ބައިވެރިވެވެއެވެ.

އެމް-ފައިސާއަށް ރަޖިސްޓްރީ ކުރާނެ ގޮތް

  • އުރީދޫ އެޕް ޑައުންލޯޑް ކުރައްވާ
  • އެމް-ފައިސާ ހިޔާރުކޮށް ރަޖިސްޓްރޭޝަންއަށް ފިތާލައްވާ
  • އެކައުންޓް އެކްޓިވޭޓް ކުރުމަށް ބޭނުންވާ ތަފްސީލް ތައް ފުރުމަށްފަހު ފޯނަށް ލިބޭ އޯޓީޕީ ޖައްސަވާ
  • މޮބައިލް ނަންބަރު ޖެއްސެވުމަށް ފަހު ހަތަރު ޑިޖިޓްގެ ޕިން އެއް ސެޓް ކުރައްވާ
  • މޮބައިލް ނަމްބަރާއި ހަތަރު ޑިޖިޓްގެ ޕިން ޖައްސަވާ
  • ފޯނަށް ލިބޭ އޯޓީޕީ ޖެއްސެވުމަށް ފަހު ރަޖިސްޓްރޭޝަން ފުރިހަމަ ކުރައްވާ
ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top