އެންވަޔަރަމެންޓަލް އިމްޕެކްޓް އެސެސްމެންޓް (އީއައިއޭ) މަރުހަލާ ފުރިހަމަ ކުރުމެއް ބައެއް ރަށްތަކުގައި އިންޖީނުގެ އެޅުމުގެ ސަބަބުން ހަތަރު މިލިއަން ރުފިޔާއަށްވުރެ ގިނަ ރުފިޔާއިން ފެނަކަ ޖޫރިމަނާ ކޮށްފިއެވެ.
އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ފެނަކައިން އީއައިއޭ މަރުހަލާ ފުރިހަމަ ކުރުމަކައިނުލައި 21 ރަށެއްގައި އިންޖީނުގެ އެޅި މައްސަލައެއް ބަލާފައިވާ ކަމަށެވެ.
އެ މައްސަލަ ބެލުމަށް ފަހު 4،200،000 ރުފިޔާއިން އެ ކުންފުނި ޖޫރިމަނާ ކޮށްފައިވާ ކަމަށް އެ އީޕީއޭއިން ބުނެފަ ވެއެވެ.
ގަވާއިދާ ޚިލާފަށް ފެނަކައިން، އިންޖީނުގެ ހެދުމުގެ އަމަލީ މަސައްކަތްތަށް ފަށާއިފައިވާ ރަށްތަކުގެ ތެރޭގައި ހިމެނެނީ:
- ހދ. ފިނޭ
- ހއ. އުލިގަމު
- ހއ. އުތީމު
- ގދ. މާވަރުލު
- ށ. ފޭދޫ
- ށ. މާއުގޫދޫ
- ހއ. ދިއްދޫ
- ރ. ރަސްގަތީމު
- ރ. ކިނޮޅަސް
- ނ. ކެނދިކުޅުދޫ
- ހއ. މުރައިދޫ
- ށ. ކޮމަންޑޫ
- ނ. ފޮއްދޫ
- ޅ. ކުރެންދޫ
- ހދ. ކުޅުދުއްފުށި
- ހދ. ކުމުންދޫ
- ދ. މީދޫ
- ލ. މައިބައިދޫ
- ހއ. މޮޅައިދޫ
- ގދ. ރަތަފަންދޫ
- ގއ. ވިލިގިނލި






