Close

ނައިބު ރައީސް ދެއްވީ ރައީސާއެކު ސާބިތުވެ ހުންނަވާނެކަމުގެ ޔަގީންކަން

ރައީސް ޑރ. މުޙައްމަދު މުޢިއްޒު އާއެކު، ސާބިތުވެ ހުންނަވާނެ ކަމަށް ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް މިއަދު ވިދާޅުވެއްޖެއެވެ.

ވެރިކަންކުރާ ޕްރޮގްރެސިވް ކޯލިޝަންގެ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް(ޕީޕީއެމް)ގެ ރައީސްކަމުގައި ކުރިން ހުންނެވި ކުރީގެ ރައީސް ޢަބުދުﷲ ޔާމީން އަބުދުލްޤައްޔޫމް އެ ޕާޓީ ދޫކޮށްލައްވައި، ސަރުކާރާ އިދިކޮޅަށް މަސައްކަތްކުރަން ފައްޓަވާފައިވާއިރު، ނައިބު ހުސެން އަކީ ރައީސް ޔާމީނާއި ކުރިން ވަރަށް ގާތް ގުޅުމެއް އޮންނަ ބޭފުޅެކެވެ.

ނައިބު ރައީސް ހުސެން މިއަދު ވިދާޅުވީ،  މިވެރިކަމަކީ އެމަނިކުފާނު ވެސް ހިމެނޭހެން އެތައް ރައްޔިތުންނެއްގެ ބުރަ މަސައްކަތުން ގެނެވުނު ވެރިކަމެއް ކަމަށެވެ. އަދި މިވެރިކަން ލިބިގެން ދިޔައީ ރައްޔިތުން ކުރި މިންނެތް މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން ކަމަށް ވިދާޅުވިއެވެ.

''ރައްޔިތުން އިޚްތިޔާރު ކުރެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒުގެ ތަސައްވުރު، އެމަނިކުފާނު އިސްކުރެއްވީ ތިޔަ ރައްޔިތުންގެ މަސްލަހަތު، ވީމާ މިވެރިކަަމަކީ ރައްޔިތުންނަށް ލާބައާއި މަންފާހުރި ނަފާވެރި ވެރިކަމަކަށް ހެދުމަށް އެމަނިކުފާނާއެކު ސާބިތުވެ ހުންނާނެކަމުގެ ޔަގީންކަން އަރުވަން'' ނައިބު ރައީސް ވިދާޅުވެފަ ވެއެވެ.

 

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top