Close

ރައީސް މުއިއްޒަކީ ދިވެހީންގެ އެންމެބޮޑު އުންމީދު: ޝިޔާމް

ޝިޔާމް

ރައީސް ޑރ. މުހައްމަދު މުއިއްޒަކީ މިއަދު ދިވެހީންގެ އެންމެބޮޑު އުންމީދު ކަމަށް ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ޝިޔާމް ވިދާޅުވީ، ރައީސް މުޢިއްޒު ތަފާތު ދައްކަވާނެ އެވެ. ޝިޔާމް ވިދާޅުވީ، 19 ވަނަ މަޖިލީހާއެކު ޕާޓީގެ ނައިބުރައީސެއްގެ ވެސް މަސްޢޫލިއްޔަތާއެކު މަޖިލީހުގައި އިދިކޮޅު ޕާޓީއެއްގެ ގޮތުގައި މަދު މެންބަރުންކޮޅަކާއެކު ސަރުކާރު ޖަވާބުދާރީ ކުރުމުގެ މުހިއްމު މަސްޢޫލިއްޔަތު ވެގެންދިޔައީ ބުރަ އަދި އެހާމެ އުނދަގޫ މަސައްކަތަކައް ކަމަށެވެ.

އެންމެ ބޮޑު ގޮންޖެހުމަކަށްވީ ޕާޓީގެ ރައީސް، ރައީސް ޔާމީން ޙައްޤުނޫން ސިޔާސީ ޙުކުމެއްގައި ޖަލުގައި ޤައިދުކޮށްގެން އެމަނިކުފާނުގެ އިންތިޚާބީ ޙައްޤު ސަރުކާރުން ނިގުޅައިގަނެގެން ކުރިމަތިކުރުވި ދަތި ދުވަސްތައް ކަމަށާއި، ދާއިރާތަކުގެ ރައްޔިތުންގެ އިތުރުން ޕާޓީގެ ލީޑަރޝިޕް، ޕީޖީ ގްރޫޕް މެންބަރުން، ސެނެޓަރުން، ދާއިރާތަކުގެ ރައީސުން، ރަށްރަށުގެ ސްޓިއަރިންގ ކޮމިޓީތަކުން އަދި ޚާއްޞަކޮށް ޕާޓީގެ އާއްމު މެންބަރުންގެ އިތުރުން ރާއްޖޭގެ މީޑިޔާތަކުން ލިބުނީ އާދަޔާ ޚިލާފު ފުރިހަމަ އެއްބާރުލެއްވުމެއް ކަމަށް ޝިޔާމް ވިދާޅުވިއެވެ.

''ނަތީޖާއަކަށްވީ ﷲ ގެ ތަނަވަސް ރަޙުމަތުން 2023 ގެ ރިޔާސީ އިންތިޚާބު ދިވެހީންގެ ކެންޑިޑޭޓު ޑރ.މުޢިއްޒު ވަރަށް ތަނަވަސް އަޣުލަބިއްޔަތަކުން އެތައް ބައެއްގެ ލޯތްބާ އެހީތެރިކަމާއެކު ކާމިޔާބުކުރެއްވުމެވެ. އިންތިޚާބުގައި އެހީތެެރިވެ ދެއްވި ހުރިހާ ފަރާތްތަކަށް މިއަދުވެސް ހިތުގެ އެންމެ ފުންމިނުން އިޚުލާސްތެރިކަމާއެކު ޝުކުރު ދަންނަވަމެވެ. އިންތިޚާބީ ރައީސެއްގެ ގޮތުގައި ރައީސް ޑރ. މުޢިއްޒު އޭރުގެ ސަރުކާރަށް ކުރެއްވި ފުރަތަމަ އިލްތިމާސަކީ ރައީސް ޔާމީން ކުޑަމިނުން ގެކޮޅަށް ބަދަލު ކޮށްދެއްވުމަށް އެދިވަޑައިގެން ކުރެއްވި އިލްތިމާސެވެ. އަދި ޖެހިގެން އައިދުވަހު ރައީސް ޔާމީން ގެކޮޅަށް ބަދަލުކުރެވުނެވެ. ވެެރިކަން ބަދަލުވުމާއިއެކު ދިވެހިންނަށް ހިތްހަމަޖެހުމުގެ ނޭވާއެއް ލެވުނެވެ.'' - ޝިޔާމް

ޝިޔާމް ވިދާޅުވީ، ރައީސް ޑރ. މުޢިއްޒުގެ އާސަރުކާރުން ކުރައްވަންހުރި ކަންކަން ލައްކަ ބައިވަރު އެބަހުރި ކަމަށާއި، އެހުރިހާ ވަޢުދުފުޅުތަކެއް އެހުރީ ބަހުން ބަހަށް އަދި އަކުރުން އަކުރަށް ދެލިކުރެވި 953 ގަނޑުގެ ބޯފޮތެއްގައި ޝާއިއު ކުރެވިފައި ކަމަށެވެ.

''އެއީ ރައްޔިތުންނަށް ވެވަޑައިގެންނެވި ވަޢުދުފުޅުތަކަށް ފުރަގަސް ނުދެއްވާނެކަމުގެ ދަލީލެކެވެ. ދެފުށްފެންނަ ވެެރިކަމެއް ރައްޔިތުންނަށް ކޮށްދެއްވާނެ ކަމުގެ ޔަޤީންކަމެކެވެ. ރައީސް ޑރ.މުއިއްޒަކީ މިއަދު ދިވެހީންގެ އެންމެބޮޑު އުންމީދެވެ. إن شاء الله އެމަނިކުފާން ތަފާތު ދައްކަވާނެއެވެ. ރައީސް ޑރ.މުޢިއްޒުގެ ސަރުކާރަކީ ރައްޔިތުންގެ ވަރަށް ބުރަ މަސައްކަތްޕުޅުތަކެއްގެ ފޮނި ނަތީޖާއެވެ. ސަރުކާރު ގެނެވުނީ ރައްޔިތުން 5 އަހަރު މަގުމަތީ ވަރަށް ބޮޑެތި ޤުރުބާނީތަކެއް ވެގެންނެވެ.'' - ޝިޔާމް

ރައީސް ޑރ. މުޢިއްޒު އާއެކު ރައްޔިތުންގެ ވަރަށްގިނަ އުންމީދުތަކެއް އެބަހުރިކަމަށާއު، އަދި ރައްޔިތުން ރައީސް ޑރ. މުޢިއްޒު ވެރިކަމަށް އިންތިޚާބުކުރަންޖެހުނު ސަބަބުތަކެއްވެސް އެބަހުރިކަމަށް ޝިޔާމް ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top