Close

ނިންމީ ގައުމީ ނިންމުމެއް، ކަންކުރީ ޔާމީން އެންގެވިގޮތައް: އަދުރޭ

ޕްރޮގްރެސިވް އިއްތިހާދުގެ ރިޔާސީ ޓިކެޓާއި ގުޅިގެން ކަން ކުރީ ރައީސް ޔާމީން އަބުދުލްޤައްޔޫމް އެންގެވި ގޮތައް ކަމަށާއި، އެކަމާއި ގުޅިގެން ނިންމީ ޤައުމީ ނިންމުމެއްކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސްޕެޝަލް އެޑްވައިޒަރު، ، ޕީޕީލް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ޗެއާޕާސަން އަބުދުއްރަޙީމް އަބުދުﷲ (އަދުރޭ) ރޭ ވިދާޅުވެއްޖެއެވެ.

އަދުރޭ މިހެން ވިދާޅުވީ، ސަންގު ޓީވީން ރޭ ގެނެސްދިން ''ޚަބަރަށްފަހު'' ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ.

އަދުރޭ ވިދާޅުވީ އިންތިޚާބު ބޮއިކޮޓް ކުރަން ރައީސް ޔާމީން އެންގެވުމުން ނެގި ވޯޓުގައި ދެ ޕާޓީގެ އިސްބޭފުޅުން ރައީސް ޔާމީން ބޭނުންފުޅުވާގޮތައް ބޮއިކޮޓް ކުރަން ވޯޓު ދެއްވިކަމަށެވެ. ނަމަވެސް އޭގެ އަނެއްކޮޅު ބަލަން ނެގިވޯޓުގައި ސެނަޓަރުން ވަނީ ބޮޑު އަގުލަބިއްޔަތަކުން އިންތިޚާބުގައި ވާދަކުރުމަށް ނިންމާފަ ކަމަށެވެ.

''ވަރަށް ތަނަވަސް އަގުލަބިއްޔަތަކުން އިންތިޚާބު ބޮއިކޮޓް ނުކުރަން ފާސްވީ'' އަދުރޭ ވިދާޅުވިއެވެ.

އޭނާ ވިދާޅުުވީ، އޭނާ އަށްވުރެ ވެސް، ޕީޕީއެމަށް ވުރެވެސް، ޕީއެންސީއަށް ވުރެވެސް މި ގައުމު ބޮޑު ކަމަށެވެ. އަދި ގައުމުގެ މަސްލަހަތު އިސްކުރަންޖެހޭނެ ކަމަށެވެ. އެއީ އަދުރޭގެ ހަޔާތުގައި ސިޔާސީގޮތުން ނިންމުމުނު އެންމެ ފުރިހަމަ ޤައުމީ ނިންމުންކަމަށް ވެސް އޭނާ ވަނި ވިދާޅުވެފައެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top