ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވައިގެން އުފައްދަވައި އާ ޕާޓީ، ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ހުއްދަ ދީފި އެވެ.
މި ޕާޓީ އުފެއްދުމަށްޓަކައި 3000 މީހުންގެ ސޮއި ހޯދުމާއި، ޕާޓީ އުފެއްދުމަށްޓަކައި ކުރަންޖެހޭ އެހެނިހެން ކަންކަން ކުރުމުގެ ހުއްދަ އީސީން މިއަދު ވަނީ ދީފައެވެ.
ޕީއެންއެފް އުފެއްދުމުގެ ހުއްދަ އީސީގައި އެދުނީ 26 ނޮވެމްބަރު 2023 ގައެވެ.
އެ ޕާޓީ އުފެއްދުމުގެ ހުއްދަ ދިނުމާ ބެހޭ ގޮތުން އީސީން ގޮތް ނިންމާފައިވަނީ މިއަދު ބޭއްވި އެ ކޮމިޝަންގެ ޖަލްސާގައިއެވެ.
ރައީސް ޔާމީން އުފައްދަވަން މަސައްކަތްކުރާ ޕާޓީގެ މުއައްސިސަކީ ދަރިކަލުން ޒެއިން ޢަބްދުﷲ ޔާމީން އެވެ.






