ކުރިއަށް އޮތް 2024 ވަނަ އަހަރުގެ މަޖިލީހުގެ އިންތިޚާބުގައި ވާދަ ނުކުރައްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް، އެމްޑީޕީގެ ކުރީގެ ރައީސް، މައްޗަންގޯޅި މެދު ދާއިރާގެ މެމްބަރު، މުޙައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ތިއްބަވާ ވަަޓްސްއެޕް ގްރޫޕަކަށް ފޮނުއްވި މެސެޖެއްގައި ނަޝީދު ވަނީ އެކަން ހާމަކުރައްވާފައެވެ.
"އަޅުގަނޑު ދެން އަންނަ އިންތިހާބަކަށް ކުރިމަތި ނުލާނެ. އަޅުގަނޑުގެ އެހެން މަސައްކަތް ވަރަށް ގިނަ." ނަޝީދު ވިދާޅުވެފައިވެ އެވެ.
މަޖިލީހަށް ވާދަނުކުރެއްވި ނަމަވެސް ގިނައިން އުޅުއްވާނީ ރާއްޖޭގައި ކަމަށް ވެސް ނަޝީދު ވަނީ ވިދާޅުވެފަވެއެވެ.
ނަޝީދު ފުރަތަމަ ފަހަރަށް ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވީ 1999 ވަނަ އަހަރުއެވެ. އެއީ މާލެއިން އިންތިޚާބުކުރެވުނު ދެ މެންބަރުންގެ ތެރެއިން އެއް މެންބަރުގެ ގޮތުގައެވެ.






