ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ސެކްރެޓަރީ ޖެނެރަލް ކަމުގެ މަގާމުގައި ހުންނެވި ޝިފާގު މުފީދު (ހިސްޓޯ) މަގާމުންނާއި ޕާޓީން އިސްތިއުފާ ދެއްވައި ފިއެވެ.
2024 ވަނަ އަހަރުގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރައްވާނެކަން ޢިއުލާންކުރައްވާފައިވާ ހިސްޓޯ ރައީސް އަދި ޕީއެންސީގެ ރައީސް ޑރ. މުހައްމަދު މުއިއްޒަށް ފޮނުއްވި ސިޓީ ގައި ވިދާޅުވެފައި ވަނީ، އޭނާ ޕާޓީން ވަކިވެވަޑައިގަތީ ޕީއެންސީގެ ތެރޭގައި ކަންކަން ހިނގަމުންދާ އުސޫލާ މެދު ހިތްހަމަޖެހިވަޑައިނުގަންނަވާތީ ކަމަށެވެ.
ޝިފާގަކީ 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު މެދު ދާއިރާގެ މެމްބަރުކަމާއި، ރައީސް ޔާމީންގެ ސަރުކާރުގައި އެޗްއާރުސީއެމްގެ މެމްބަރު ކަން ވެސް ކުރެއްވެވި ބޭފުޅެކެވެ.
ޕީއެންސީ ދޫކޮށްލެއްވި ހިސްޓޯ މިހާރު ވަނީ ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވާ އުފައްދަން މަސައްކަތް ކުރާ ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް)އާ މިއަދު ގުޅިވަޑައިގެންފައިކަަމަށް އެ ޕާޓީގެ ބައެއް އިސް ބޭފުޅުން މީސް މީޑިއާގައި ބުނެފަވެއެވެ.






