Close

ހިތަދޫ މާރާމާރީ: ހަތަރު މީހުން ހައްޔަރުކޮށް ސަލާމަތީ ކަންކަން ވަރުގަދަ ވަރުގަދަކޮށްފި

މިދިޔަ ހުކުރު ދުވަހުގެރޭ އައްޑޫ ސިޓީގެ ހިތަދޫގައި ހިންގި ގްރޫޕް މާރާމާރީއާ ގުޅިގެން  އެ މައްސަލައިގެ ތުހުމަތުގައި ހަތަރު މީހަކު ފުލުހުންގެ ހައްޔަރަށް ގެންގޮސްފައިވާއިރު އައްޑޫ ސިޓީގެ ސަލާމަތީކަންކަން ވަރުގަދަކޮށްފިއެވެ.

ހުކުރު ދުވަހުގެ ރޭ އައްޑޫ ސިޓީގެ ހިތަދޫގައި ދެ ގްރޫޕެއް ދެމެދުގައި މާރާމާރީއެއް ހިނގައި، މި މާރާމާރީގައި ތޫނު އެއްޗަކުން ހަމަލާ ދިނުމުގެ ސަބަބުން 30 އަހަރުގެ ދިވެހި ފިރިހެނެއް ވަނީ ޒަޚަމް ވެފައެވެ. އަދި އޭނާ އޮތީ ސީރިއަސް ހާލަތެއްގައެވެ.

ފުލުހުން ބުނީ މިދިޔަ ބުދަ ދުވަހު މާލޭގައި ހިންގި މާރާމާރީ އާއި އައްޑޫގައި ހިންގި މާރާމާރީއާ ގުޅިގެން މާލެ އާއި އައްޑޫ ސިޓީގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމުގެ ގޮތުން ހާއްސަ މަސައްކަތްތަކެއް ފަށާފައިވާ ކަމަށެވެ.

މިއާއެކު އައްޑޫގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށް ފުލުހުންގެ އިތުރު ޓީމުތަކެއް އައްޑޫ ސިޓީ އަށް ފޮނުވުމުގެ މަސައްކަތް ކުރަމުން އަންނައިރު، އައްޑޫ ސިޓީގައި ހިންގި މާރާމާރީއާ ގުޅުން ހުރި ފަރާތްތައް ހޯދައި ގާނޫނީ ފިޔަވަޅު އެޅުމަށް ކުރަން ޖެހޭ ކަންކަން ކުރަމުންދާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

މި މައްސަލައިގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރިކޮށްފައި ވަނީ އުމުރުން 18 އަހަރުގެ މީހަކާއި، 19 އަހަރުގެ މީހަކާއި، 20 އަހަރު އަދި 23 އަހަރުގެ މީހެއް މީހެކެވެ. މިއީ މުޅިން ވެސް ދިވެހިންނެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top