Close

އީވާ އިސްތިއުފާ ދީފި، މަޖިލީހަށް ނައިބަކު ހޮވުން މިރޭ

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްގެ މަގާމުން ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ މިއަދު އިސްތިއުފާ ދެއްވާފައިވާއިރު، މަޖިލީހުގެ ނައިބު ރައީސަކު އިންތިޚާބު ކުރަން ބާއްވާ ޖަލްސާ މިރެޔަށް ތާވަލުކޮށްފިއެވެ.

50 މެމްބަރުންގެ ސޮޔާއެކު އީވާ މަޖިލީހުގެ ނައިބު މަގާމުން ވަކިކުރަން ހުށަހެޅީ އެމްޑީޕީން ނެވެ.

އީވާ މަގާމުން އިސްތިއުފާދެއްވީ އޭނާ މަގާމު ވަކިކުރުމުގެ މައްސަލަ މިއަދަށް އެޖެންޑާ ކުރި ޖަލްސާގައި ޖަވާބުދާރީވެވަޑައިގަތުމަށް ވާހަކަ ދެއްކެވުމަށްފަހުއެވެ. މަގާމުން އޭނާ ވަކި ކުރަން ހިފީ ކުރީ ސަރުކާރާ ދެކޮޅަށް ތެދުވެ އަޑު އުފުއްލެވުމުން ކަމަށާއި މިއީ އެމްޑީޕީގެ ސަރުކާރުން އޭނާ އަށް ދިން އަދަބެއް ކަމަށް އީވާ މިއަދު ވަނީ ވިދާޅުވެފައެެވެ.

ރައްޔިތުންގެ މަޖިލިހުގެ ނައިބު ރައީސްގެ މަގާމުން ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ އިސްތިއުފާ ދެއްވާފައިވާތީ އެ މަގާމަށް މެމްބަރަކު އިންތިހާބު ކުރަން ބާއްވާ ޖަލްސާ އޮންނާ މިރޭ 20:30 ގައެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top