އެސްޓީއޯއިން މިއަހަރު ކުރިޔަށްގެންދާ ހެއްޔާ މަކިޓާ ޕްރޮމޯޝަން މިއަދު ފަށައިފިއެވެ.
މި ޕްރޮމޯޝަނުގެ ދަށުން ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް 30 އިންސައްތައާ ހަމައަށް ޑިސްކައުންޓް ލިބެއެވެ. އަދި މި ޕްރޮމޯޝަންގެ ދަށުން ކުރާ ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ކޫޕަނެއް ލިބެއެވެ.
މި ޕްރޮމޯޝަން ނިމުމުން ގުރުއަތުން ހޮވޭ ފަރާތްތަކުގެ ތެރެއިން 1 ވަނައަށްދާ ފަރާތަކަށް މަކިޓާ ޝޯރޫމްގެ 30،000 ރުފިޔާގެ ގިފްޓް ވައުޗަރެއް އަދި ދެވަނައަށް 20،000 ރުފިޔާގެ ގިފްޓް ވައުޗަރެއް ލިބޭއިރު ތިންވަނައަށްދާ ފަރާތަކަށް 10،000 ރުފިޔާގެ ގިފްޓް ވައުޗަރެއް ލިބޭނެއެވެ.
އެސްޓީއޯ މަކިޓާ ޝޯރޫމްގެ އިތުރުން ރީޖަނަލް އައުޓްލެޓްތަކުގައިވެސް މި ޕްރޯޝަން ކުރިއަށްދާނެއެވެ. މި ޕްރޮމޯޝަން ކުރިއަށްދާނީ ޖެނުއަރީ 11 އާ ހަމައަށެވެ.






