Close

ޤާސިމްގެ ކެމްޕޭން ކޮންސަލްޓަންޓް ނާޒިމް ޕީއެންސީއަށް ބަދަލުވެ މަޖިލީހަށް ވާދަކުރަނީ

ފޮޓޯ: ޖޭޕީ

ރާއްޖޭގެ ސިޔާސީ ދާއިރާގައި ވަރަށް މަޝްހޫރު ބޭފުޅެއްކަމަށްވާ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަހްމަދު ނާޒިމް ޕީއެންސީގެ ފަރާތުން މަޖިލީހަށް ވާދަކުރަން ނިންމަވައިފިއެވެ.

ނާޒިމަކީ ނިމުނު ރިޔާސީ އިންތިޚާބުގައި ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ރިޔާސީ ކެންޑިޑޭޓް ޤާސިމް އިބްރާހީމްގެ މުޅި ކެމްޕޭންގެ އިސް މޭސްތިރިޔާ، ކެމްޕޭން ކޮންސަލްޓަންޓެވެ. ނާޒިމް ޖޭޕީއަށް ސޮއި ކުރެއްވީ މިދިޔަ އަހަރުގެ އޯގަސްޓް ފަހު ކޮޅުއެވެ.

ނާޒިމް ''އެކްސް''ގައި ލިޔުއްވާފައިވާ ގޮތުގައި، އަންނަ މަޖިލީހުގެ އިންތިޚާބުގައި، ޕީއެންސީގެ ޓިކެޓްގައި ދިއްގަރު ދާއިރާއަށް ވާދަކުރުމަށް، އޭނާ ވަނީ ފޯމު ހުށަހަޅުއްވާފައެވެ.

ނާޒިމަކީ ކުރިން ރައީސް ޔާމީނާއި ވެސް ވަރަށް އަރިސް ބޭފުޅެކެވެ. އޭނާ އަކީ މިހާރުގެ ރައީސް މުޢިއްޒާއި ޢާއިލީ ބޭފުޅެއްކަމަށް މައުލޫމާތު ލިބެއެވެ.

ނާޒިމް ވަނީ ކުރިން ވެސްދިއްގަރު ދާއިރާގެ މެންބަރުކަން ކުރައްވާފައެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top