އެމްޑީޕީގެ ކުރީގެ ރައީސް، ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ސިޔާސީ މަސައްކަތް ހުއްޓައިލައްވައިފިއެވެ.
އެކަން ހާމަކުރެއްވީ އެމަނިކުފާނުގެ އޮފީހުން ރޭ ނެރުއްވި ބަޔާނެއްގައެވެ.
ނަޝީދު ވިދާޅުވެފައިވާ ގޮތުގައި އެމަނިކުފާނު ސިޔާސީ ގޮތުން ކުރެއްވީ އްޖޭގައި ގިނަ ޕާޓީ އެކުލެވޭ ނިޒާމެއް ގާއިމު ކުރެއްވުމުގެ މަސައްކަތް ކަަމަށެވެ. އަދި ރާއްޖެއަކީ އިސްލާމީ މަތިވެރި އުސޫލްތަކާއި، އިންސާނީ ހައްގުތައް އަދި އިންސާނިއްޔަތަށް އިހްތިރާމް ކުރާ ތަނަކަށް ހެދުމާއި، ދުލާ ގަލަމުގެ މިނިވަންކަން ލިބިފައިވާ ތަނަކަށް ރާއްޖެ ހެދުމަށް ކަމަށެވެ. އެކަންކަމަށް ބޮޑު ކުރިއެރުމަށް ލިބިފައިވާކަމަށް ވިދާޅުވެފަވެއެވެ.
ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުން ފެށިގެން މަޖިލީހުގެ ރައީސްކަން ކުރެވުމަކީ އެތައް ބަޔަކު އެމަނިކުފާނަށް ހޯދައިދިން ފުރުސަތެއްކަން ފާހަގަކުރައްވައި، ސިޔާސީ ގޮތުން އެކުވެރިންނާއި ދެކޮޅު މީހުންނަށް ވެސް ނަޝީދު ވަނީ ޝުކުރު އަދާކުރައްވާފައެވެ.
ސިޔާސީކަންކަން ހުއްޓާލައްވައި ނަޝީދު ކްލައިމެޓް ވަލްނަރަބަލް ފޯރަމްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ވަޑައިގަނަވަން ނިންމެވިކަން ވެސް ވަނީ ހާމަކުރައްވާފައެވެ.






