Close

އިސްރާއީލުގެ ހަނގުރާމަ ހުއްޓާލުމަށް ގޮވާލައި, އދ. ގެ އާއްމު މަޖިލީހުން ގަރާރެއް ފާސްކޮށްފި

އދ. ގެ އާއްމު މަޖިލިސް
އދ. ގެ އާއްމު މަޖިލިސް ފޮޓޯ: އދ.

އިސްރާއީލުން ފަލަސްތީނުގެ ޣައްޒާގައި ހިންގަމުންދާ ހަނގުރާމަ ހުއްޓާލުމަށް ގޮވާލާ އދ.ގެ އާންމު މަޖިލީހުން ގަރާރެއް ފާސްކޮށްފިއެވެ.

އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން އިސްރާއީލާއި ހަމާސްއާ ދެމެދު ހަމަލާތައް ބަދަލުކޮށްފައިވާއިރު އަދިވެސް އިސްރާއީލުގެ ހަމަލާތައް ހުއްޓާނުލާތީ 193 މެމްބަރު ޤައުމު ހިމެނޭ އދ.ގެ އާންމު މަޖިލީހުން ވަނީ ރޭ ކުއްލި ބައްދަލުވުމެއް ބާއްވާފައެވެ. އެ ބައްދަލުވުމުގައި ވަގުތުން ވަގުތަށް ހަމަލާ ހުއްޓާލުމަށާ ޝަރުތަކާ ނުލައި ރަހީނުކޮށްފައިވާ ހުރިހާ އަސީރުން ދޫކޮށްލުމަށް ގޮވާލާ ވަނީ ޤަރާރެއް ފާސްކޮށްފައެވެ.

މި ޤަރާރަށް 153 ޤައުމުން ތާއީދުކުރިއެވެ. އަދި 10 ޤައުމަކުން ވަނީ ދެކޮޅުހަދާފައެވެ. ދެކޮޅު ހެދި ޤައުމުތަކުގެ ތެރޭގައއޮސްޓްރިއާ، ޗެކް ރިޕަބްލިކް، ގުއަޓެމާލާ، އިސްރާއީލް، ލައިބީރިއާ، މައިކްރޯނީޝިއާ، ނައުރޫ، ޕަޕުއާ ނިއު ގިނީ، ޕެރަގުއޭ އަދި އެމެރިކާ ހިމެނެއެވެ.

މި ގަރާރަށް 23 ޤައުމަކުން ވަކި ކޮޅަކަށް ވޯޓު ދީފައެއް ނުވެއެވެ. އޭގެ ތެރޭގައި ފްރާންސާއި، ޗައިނާ ރަޝިޔާ އަދި އިނގިރޭސިވިލާތް ހިމެނެއެވެ. ރަޝިޔާއިން ޔޫކްރެއިންގައި ކުރަމުންދާ ހަނގުރާމައާ ދެކޮޅަށް އެމެރިކާގެ އަސްކަރީ އަދި މާލީ އެހީތެރިކަން ލިބެމުން އަންނަ ޔޫކްރޭނުން ވެސް މި ޤަރާރަށް ވޯޓު ނުދެއެވެ.

މީގެ އިތުރުން ފާޅުގައި އިސްރާއީލަށް ތާއީދުކުރާ ޖަރުމަނުން ވެސް ވަނީ މި ގަރާރާ ގުޅިގެން ވަކި ކޮޅަކަށް ވޯޓު ނުދޭން ނިންމާފައެވެ.

އދ. އާއްމު މަޖިލީހުން ނިންމާ ގަރާރުތަކަކީ ގާނޫނީ ގޮތުން ބާރު ފޯރުވޭ ގަރާރުތަކެއް ނޫނެވެ. ނަމަވެސް މިއީ އެހެން ގައުމުތަކުން އެ ގަރާރަކާ މެދު ދެކޭގޮތް ހާމަވާ ގަރާރުތަކެކެވެ.

ގަރާރު ފާސްކުރުމާ ގުޅިގެން ފަލަސްޠީނުގެ ޚާރިޖީ ވަޒީރު ރިޔާދް މަންސޫރު ވަނީ އެ ގަރާރަށް މަރުޙަބާ ވިދާޅުވެފައެވެ. އެގޮތުން މި ނިންމުމަކީ މުހިންމު އަދި އެހާމެ ބޭނުންތެރި ނިންމުމެއް ކަމުގައިވެސް އޭނާ ވިދާޅުވިއެވެ.

އިސްރާއީލުން ޣައްޒާގައި ދެމުން އަންނަ ހަމަލާތަކުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު 18,000 އިން މައްޗަށް ވަނީ އަރައިފައެވެ. މީގެ ތެރޭގައި 8,000 އާ ގާތް ކުރާ އަދަދެއްގެ ކުޑަކުދިން ހިމެނެއެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top