ޗީފް ސްޕޯކްސްޕަރސަން އެޓް ދަ ޕްރެޒިޑެންޓްސް އޮފީސްގެ މަގާމަށް ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރައްވާފައިވާ މުހައްމަދު ޝަހީބު މިއަދު ޢައްޔަނު ކުރައްވައިފިއެވެ.
ޝަހީމް އެ މަގާމަށް ޢައްޔަނު ކުރެއްވީ ސްޓޭޓް މިނިސްޓަރެއްގެ ފެންވަރުގައެވެ.
"ހުވާސް" މަޖައްލާގެ އެޑިޓަރުކަން ވެސް ކުރެއްވި ޝަހީބު "ހަވީރު" ނޫހުގައި ވަނީ ގިނަ މަގާމްތަކެއް ފުރުއްވާފައެވެ. އަދި މިހާރު ''އަދިވެސް'' ނަމުގައި އޮންލައިން ނޫހެއް ހިންގަވައެވެ.
ޝަހީބު ވަނީ ރައީސް ޔާމީންގެ ދުވަސްވަރު ބްރޮޑްކާސްޓިން ކޮމިޝަންގެ ރައީސްކަން ވެސް ކުރައްވާފައެވެ.






