Close

ދެކުނުގެ ބައެއް އަތޮޅު ތަކުގެ ކައުންސިލްތަކާއި އިސްލާމިކް މިނިސްޓަރު ބައްދަލުކުރައްވައިފި

މިނިސްޓަރ ޝަހީމް ދެކުނުގެ ކައުންސިލްތަކާއި ބައްދަލުިކުރައްވަނީ. ފޮޓޯ:އިސްލާމިކް މިނިސްޓްރީ

ދެކުނުގެ ބައެއް އަތޮޅު ތަކުގެ ކައުންސިލްތަކާއި އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ބައްދަލުކުރައްވައިފިއެވެ.

އަތޮޅު ކައުންސިލްތަކާއެކު ސްޓްރެޓެޖިކް މަޝްވަރާތަކުގައި އިމާމް ތަމްރީނާއި ރިސާލާ ޕްރޮގްރާމް، އަދި އެންޑޯމެންޓް ޕްރޮޖެކްޓްތައް ހިންގުމަށް ބާރުއެޅުމުގެ މަޝްވަރާތައް ކުރިއަށްގެންދިއުމަށް މިނިސްޓަރ ޝަހީމް 7 ކައުންސިލަކާއި ބައްދަލުކުރެއްވިއެވެ.

އިސްލާމިކް މިނިސްޓަރު ޑރ ޝަހީމް ވަނީ އިމާމް ތަމްރީނު ޕްރޮގްރާމްތަކާއި ރިސާލާ ޕްރޮގްރާމް އަދި އެކި ރަށްރަށުގައި ވަޤުފް ޕްރޮގްރާމްތައް ބޭއްވުމުގެ މުހިންމު މަސައްކަތްތަކާ ބެހޭ ގޮތުން ހަތް އަތޮޅުގެ ކައުންސިލްތަކާއެކު ބައްދަލު ކުރައްވައިފައެވެ.

މި މަޝްވަރާތަކުގައި ހިމެނޭ އަތޮޅުތަކުގެ ތެރޭގައި ހިމެނެނީ ލ، ކ، ގއ، ގދ، އައްޑޫ ސިޓީ، އަދި ފުވައްމުލައް ސިޓީ އެވެ.

މި ސްޓްރެޓެޖިކް އެންގޭޖްމަންޓުން ދައްކުވައިދެނީ އެއްބާރުލުން އިތުރުކުރުމާއި، ދީނީ ތައުލީމު އިތުރުކުރުމާއި، މުޖުތަމައު ތަރައްގީކުރުމާއި، މި ސަރަހައްދުތަކުގައި ދެމެހެއްޓެނިވި މަޝްރޫއުތައް ގާއިމްކުރުމަށް އަމާޒުކޮށްގެން ހިންގާ ޕްރޮގްރާމްތައް ފައިދާހުރި ގޮތެއްގައި ހިންގުމަށް މިނިސްޓްރީން ކުރާ މަސައްކަތެވެ.

މި މަސައްކަތަކީ ރައީސް ޑރ.މުޙައްމަދު މުޢިއްޒުގެ މެނިފެސްޓޯގައި ބަޔާންކޮށްފައިވާ މެންޑޭޓްތަކާ އެއްގޮތްވާ މަސައްކަތެކެވެ.

މިނިސްޓަރ ޑރ.ޝަހީމް، މި ވަޢުދު ފުރިހަމަކުުރެއްވުމަށް ރާއްޖޭގެ ހުރިހާ ކައުންސިލްތަކާއި ބައްދަލުކުރައްވާނެއެވެ. މިނިސްޓަރ ޝަހީމްގެ މި ޕްރޮއެކްޓިވް އެޕްރޯޗަކީ ސަރުކާރުގެ ސްޓްރެޓެޖިކް ވިޝަންގައި ބަޔާންކޮށްފައިވާ ގޮތަށް ކަނޑައެޅިފައިވާ ސަރަހައްދުތަކުގައި އިސްލާމީ ކަންކަން ފުރިހަމައަށް ކުރިއެރުވުމަށް މިނިސްޓްރީން ކުރާ މަސައްކަތްތައް ދައްކުވައިދޭ ކަމެކެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top