ޑިސެމްބަރު 13 އާއި ހަމައަށް ދިހަހާސް މެމްބަރުން ހަމަވެފައިވަނީ 6 ޕާޓީއެއްގެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފިއެވެ.
ޑިސެމްބަރު 13 އާއި ހަމައަށް ދިހަހާސް މެމްބަރުން ހަމަކޮށްފައިވާ ޕާޓީ ތަކަކީ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ، ޢަދާލަތު ޕާޓީ، ޖުމްހޫރީ ޕާޓީ، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް، މޯލްޑިވްސް ޑިވަލޮޕްމެންޓް އެލަޔަންސް އަދި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް އެވެ.
— Elections Commission (@ElectionsMv) December 14, 2023
އަންނަ އަހަރަށް ކަނޑައެޅި ބަޖެޓް މިމަހުގެ 13 ވަނަ ދުވަހު ފާސްކޮށްފައިވާއިރު ސިޔާސީ ޕާޓީތަކިގެ ޤާނޫނުގައި ވާގޮތުން ދައުލަތުން ޕާޓީ ހިންގުމަށް ދޭ ފައިސާ ލިބޭނީ ދިހަހާސް މެމްބަރުން ހަމަވާ ޕާޓީތަކަށެވެ.






