Close

ސަރުކާރުން މިސްކިތްތަކަށް ހޭދަ ކުރާ ފައިސާ އިތުރުކޮށްފި!

ސަރުކާރުން މިސްކިތްތަކަށް ހޭދަ ކުރާ ފައިސާގެ ޢަދަދު އިތުރުކޮށްފި ކަމަށް އިސްލާމިކް މިނިސްޓަރ ޑރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ޑރ ޝަހީމް މިހެން ވިދާޅުވީ އެމަނިކުފާނު ކުރެއްވެވި ޓުވީޓެއްގައެވެ.

ޑރ ޝަހީމް ވިދާޅުވެފައިވަނީ މިސްކިތްތަކުގެ އާބާތުރަ ފިލުވައި ރީތިކޮށް ބެލެހެއްޓުމަށް ޓަކައި ކޮންމެ އަހަރަކު ދައުލަތުގެ ބަޖެޓުން ކުރެވޭ ޚަރަދު މިހާރަށްވުރެ ތިންގުނައަށް އިތުރުކުރެއްވުމަށް ރައީސް ޑރ. މުއިއްޒު ވެ ވަޑައިގެންނެވި ވައުދު ފުއްދަވައިފި ކަމަށެވެ. އަދި މިހާރުވަނީ އެކަމަށް 15 މިލިއަން ހަމަޖައްސަވައިދެއްވާފައި ކަމަށްވެސް ޑރ ޝަހީމް ވަނީ ވިދާޅުވެފައެވެ.

ރާއްޖޭގެ މިސްކިތްތަކަށް ދިމާވޭ އެކިކަހަލަ މައްސަލަތައް ހައްލު ނުކުރެވި ދިގުލައިގެން ދިޔުމަކީ ޢާންމު ގޮތެއްގައި ހިނގާ ކަމެކެވެ.

މިކަމަށް ހައްލެއް ގެނެސްދެއްވުމަށް މިސްކިތްތަކުގެ ޙާލަތު މެދުނުކެނޑި ދެނެގަނެވޭނެ ނިޒާމެއް ޤާއިމުކޮށް، މިސްކިތްތައް އާބާތުރަ ފިލުވައި، ރީތިކޮށް ބެލެހެއްޓުމަށްޓަކައި ކޮންމެ އަހަރެއްގެ ބަޖެޓުން އެކަމަށް ކުރެވޭ ޚަރަދު މިހާރަށްވުރެ ތިންގުނައަށް އިތުރުކުރުމަކީ ރައީސް ޑރ މުޢިއްޒުގެ މެނިފެސްޓޯގައި ހިމަނުއްވައިފައިވާ ކަމެކެވެ.

 

 

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top