Close

އޮޓޯޕައިލެޓް ސިސްޓަމުގައި މައްސަލަ ހުރުމުން ޓެސްލާއިން ވިއްކި ދެ މިލިއަނަށްވުރެ ގިނަ ކާރު އަނބުރާ ގެންދަނީ

ޓެސްލާ

ދުނިޔޭގެ އެންމެ ކުރިއަރަމުން އަންނަ ކާރު ކުންފުނި, ޓެސްލާއިން އެ ކުންފުނިން އެމެރިކާގައި ވިއްކި ގިނަ އަދަދެއްގެ ކާރު އަނބުރާ ގެންދަން ފަށައިފިއެވެ.

އެ ކުންފުންން ކާރުތައް އަނބުރާ ގެންދަން މަޖުބޫރުވީ އެމެރިކާގެ ފެޑެރަލް ރެގިއުލޭޓަރަކު ކުރި އިންސްޕެކްޝަނެއްގައި އެ ކާރުތަކުގެ އޮޓޯޕައިލެޓް ސިސްޓަމުގައި ޑިފެކްޓެއް ހުރިކަން ފާހަގަވެފައިވާތިއެވެ. އެގޮތުން އެމެރިކާގައި ވިއްކާފައިވާ ދެ މިލިއަނަށްވުރެ ގިނަ ކާރު ވަނީ އަނބުރާ ގެންދަން ނިންމާފައެވެ.

ބުދަ ދުވަހު ޓެސްލާއިން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި އެ ކުންފުނީގެ ކާރުތަކުގެ އޮޓޯޕައިލެޓް ސޮފްޓްވެއާ ސިސްޓަމް ކޮންޓްރޯލުގެ ބޭނުން ނާޖާއިޒު ގޮތުގައި ހިފުމުގެ ޗާންސް އެބައޮތް ކަމަށެވެ.

އެމެރިކާގެ ނޭޝަނަލް ހައިވޭ ޓްރެފިކް ސޭފްޓީ އެޑްމިނިސްޓްރޭޝަނުން ޓެސްލާގެ އޮޓޯ ޕައިލެޓް ސިސްޓަމް ތަހުގީގު ކުރާތާ ދެ އަހަރު ވެއްޖެއެވެ. އެ އިދާރާއިން ބުނެފައިވާ ގޮތުގައި އުޅަނދުތައް ދުއްވާ މީހުންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް މިއީ މުހިންމު ފިޔަވަޅެކެވެ.

މިއީ މިހާތަނަށް ޓެސްލާއިން އެ ކުންފުނީގެ ކާރެއްގައި މައްސަލަ ހުރެގެން އެންމެ ގިނަ އަދަދެއްގެ ކާރު އަނބުރާ ގެންދާ ފުރަތަމަ ފަހަރެވެ. އެ ކުންފުނިން ވަނީ އައު ސޭފްގާޑުތައް އިންސްޓޯލްކޮށް މިހާރު ހުރި ޑިފެކްޓްތައް ރަނގަޅު ކުރާނެ ކަމަށް ބުނެފައެވެ.

ޓެސްލާއިން އަނބުރާ ގެންދާ ކާރުތަކުގެ ތެރޭގައި y,s, 3 އަދި x މޮޑެލްތަކުގެ ކާރުތައް ހިމެނެއެވެ. މި ކާރުތައް އުފައްދާފައިވަނީ 5 އޮކްޓޯބަރު 2012 އާއި 7 ޑިސެމްބަރު 2023 އާ ދެމެދުގެ ތެރޭގައެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top