Close

ހުރިހާ ޙައްޖު ކޯޓާއެއް ޙައްޖު ކޯޕަރޭޝަނަށް ދިނުމަށް ނިންމައިފި!

ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ރައީސް ޑރ މުޙައްމަދު މުޢިއްޒު. ފޮޓޯ: ރައީސް އޮފީސް

ރާއްޖެއަށް ލިބޭ ހުރިހާ ޙައްޖު ކޯޓާއެއް ޙައްޖު ކޯޕަރޭޝަނަށް ދިނުމަށް ރައީސް ޑރ މުޙައްމަދު މުއިއްޒު ނިންމަވައިފިއެވެ.

މިކަން ހާމަކުރައްވައިފައިވަނީ މިއަދު ރައީސް އޮފީހުގައި ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލު ވުމުގައިި ރައީސް އޮފީހުގެ އިސް ތަރުޖަމާނު މުޙައްމަދު ޝަހީބެވެ.

ޝަޙީބު ވިދާޅުވީ ޙައްޖަށް ގެންދިޔުމަށް ގިނަ ޢަދަދެއްގެ ބަޔަކު ނަން ނޯޓްކޮށް ފައި އޮތް އޮތުމަށް ރިޢާޔަތް ކޮށް ޙައްޖުވެރިންގެ އިންތިިޒާރު ދިގުލައިގެން ނުދިޔުމަށާއި ޚިދްމަތުގެ އިތުބާރު ބޮޑުކުރުމަށް، ދިވެހި ރާޢްޖެއަށް ލިބޭ ރަސްމީ ޙައްޖު ކޯޓާ ޙައްޖު ކޯޕަރޭޝަނަށް ދިނުމަށް މަޝްވަރާ ކޮށްފައިވާ ކަމަށެވެ.

ރާއްޖެއަށް ކޮންމެ އަހަރަކުވެސް މިލިބެނީ 1000 ކޯޓާ ކަމަށާއި، މިޢަދަދު އެއްކޮށް ޙައްޖު ކޯޕަރޭޝަނަށް ދެއްވާގޮތަށް ރައީސް ވަނީ މިހާރު  ނިންމަވާފައި ކަމަށެވެ. އަދި މިކަމުގެ ސަބަބުން ޢާންމު ރައްޔިތުންނަށް ފަސޭހަ ތަކެއް ލިބިގެން ދާނެ ކަމަށް މަޝްވަރާ ކުރެވިގެން ދިޔަ ކަމަށްވެސް ޝަހީބު ވިދާޅުވިއެވެ.

ޝަހީބު އިތުރަށް ވިދާޅުވީ ޙައްޖު ކޯޓާގެ ލުއިފަސޭހަ ކަމުގެ ވަޢުދަކީ 31 އޮގަސްޓުގައި ޅ ނައިފަރުގައި ބޭއްވުނު ކެމްޕޭނު ޖަލްސާގައި ރައީސް ޑރ މުޙައްމަދު ވެ ވަޑައިގެންނެވި ވަޢުދެއް ކަމަށްްވެސް ޝަހީބު ވިދާޅުވިއެވެ.

މޯލްޑީވްސް ޙައްޖު ކޯޕަރޭޝަން ތަރައްޤީކޮށް، ޙައްޖު ފަންޑު ޝަރީޢާ ހުއްދަކުރާ ދާއިރާތަކުގައި އިންވެސްޓުކޮށް، ލުއި އަގެއްގައި ޙައްޖަށް ދިއުމަށް މަގުފަހި ކުރުމަކީ ރައީސް ޑރ މުއިއްޒުގެ މެނިފެސްޓޯގައި ހިމަނުއްވައިފައިވާ ކަމަކެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top