Close

ހުރަވީ ދުވަހުގެ ޚާއްޞަ މައުރަޒު ރައީސްގެ އަނބިކަނބަލުން ހުޅުވައިދެއްވައިފި!

ރައީސްގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ދިވެހިބަހާއި ސަޤާފަތާއި ތަރިކައާއި ބެހޭ ވުޒާރާގެ ވަޒީރުގެ އަރިހުގައި. ފޮޓޯ: ރައީސް އޮފީސް

ހުރަވީ ދުވަހުގެ ޚާއްސަ މަޢުރަޒު ރައީސް ޑރ މުޙައްމަދު މުޢިއްޒު ގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ހުޅުވައިދެއްވައިފިއެވެ.

މިމަޢުރަޒަކީ ހުރަވީ ދުވަހުގެ މުނާސަބަތުގައި ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ކުރިއަށްގެންދާ މަޢުރަޒެކެވެ.

"ދޮންބާޑަރައިންގެ ހަނދާނީ މައުރަޒު" ގެ ނަމުގައި ކުރިއަށްގެންދާ މި މަޢުރަޒަކީ ދިވެހިރާއްޖޭގެ މިނިވަންކަމުގެ ދިފާޢުގައި ދޮންބަންޑާރައިން ކުރެއްވި ޖިހާދާއި އެމަނިކުފާނުގެ ޝަޚްޞިއްޔަތުގެ ހަނދާނަށް ޚާއްޞަކޮށް، ކުރިއަށް ގެންދާ ޚާއްޞަ މަޢުރަޒެއް ކަމަށް އެ ވުޒާރާއިން މައުލޫމާތު ދީފައިވެއެވެ.

މި މަޢުރަޒު ރަސްމީކޮށް ހުޅުވައިފައިވަނީ މިއަދު ހަވީރު 4:30 ގައެވެ.

މިއަހަރުގެ ހުރަވީ ދުވަހުގެ ރަސްމީ ޙަރަކާތްތައް އިންތިޒާމުކޮށް ކުރިއަށް ގެންދަނީ، ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިންނެވެ.

މި ރަސްމިއްޔާތުގައި މަޢުރަޒުގައި ބެހެއްޓިފައިވާ އެއްޗެއްސާއި ބެހޭ މަޢުލޫމާތު ދިނުން ވެސް ކުރިއަށް ދިޔައެވެ.

މި މައުރަޒު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިއަދުން ފެށިގެން މި މަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށެވެ. މައުރަޒު ހުޅުވިފައި ހުންނާނީ ހެނދުނު 10:00 އިން އިރުއޮއްސި 6:00 އަށެވެ.

ހުރަވީ ދުވަހަކީ ދޮންބަންޑާރައިން ހޮޅީންގެ އަތްދަށުން ދިވެހިރާއްޖެ މިނިވަން ކުރެއްވި ދުވަހެވެ. ހުރަވީ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ޖުމާދަލްއާޚިރާ މަހުގެ 3 ވަނަ ދުވަހެވެ.

ރާއްޖޭގެ ހުރަވީ ދުވަސް މިހެން ކުލަގަދަކޮށް ފާހަގަ ކުރެވިގެން ނުދާތާ 5 އަހަރުވަނީ މިހާރު ވެފައެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top