Close

އެމްއެމްޕީއާރްސީގެ އެމްޑީ އަކަށް ފާތިމަތު ތައުފީޤް އައްޔަނުކުރައްވައިފި!

އެމްއެމްޕީއާރްސީގެ އެމްޑީ އަކަށް އައްޔަނުކުރެވުނު ފާތިމަތު ތައުފީޤް

މޯލްޑިވްސް މާކެޓިންގ އެންޑް ޕީއާރް ކޯޕަރެޝަންގެ އެމްޑީއަކަށް ފާތިމަތު ތައުފީޤް އައްޔަނުކުރައްވައިފިއެވެ.

ފާތިމަތިު ތައުފީޤް އަކީ ކުރިން ސަރުކާރުގެ ބައެއް ކުންފުނިތަކުގައި ބައެއް މަޤާމުތައް އަދާކުރައްވައިފައިވާ ބޭކަނބަލެކެވެ.

އެގޮތުން އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) ގެ މެނޭޖިން ޑިރެކްޓަރުކަމާއި ވެމްކޯގެ އެޑްމިން އެންޑް ޕްރޮކިއުމަންޓް މެނޭޖަރުގެ މަގާމާއި ލޮޖިސްޓިކްސް މެނޭޖަރުކަން ކުރައްވައިފައިވެއެވެ.

މީގެ އިތުރުން އަމިއްލަ ދެކުންފުންޏެއް ކަމަށްވާ ފަރާޖަލްބޫޓް މޯލްޑިވްސްގައި އެޗްއާރު އެންޑް އެޑްމިން މެނޭޖަރުކަން ކުރެއްވުމުގެ އިތުރުން އެލިއާ އިންވެސްޓްމެންޓްގެ އެޗްއާރް އެސިސްޓެންޓް ކަމުގެ މަގާމު ވެސް ފާތުމަތު އަދާކުރައްވާފައިވެ އެވެ.

އެންވަޔަރުމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) ގައި ވެސް މަސައްކަތްކުރެއްވި ފާތިމަތަކީ ޔުނިވަސިޓީ އޮފް ދަ ވެސްޓް އޮފް އިންގްލެންޑް އިން ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން މާސްޓާޒް ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ.

އެމްއެމްޕީއާރްސީ އަކީ ރާއްޖޭގެ އިޤްތިޞާދު އެކަމެއްގެ މައްޗަށް ބަރޯސާވެފައިވާ ފަތުރުވެރިކަން ޕްރޮމޯޓްކޮށް، އިޝްތިހާރުކުރުމުގެ މަސްއޫލިއްޔަތު އަދާކުރާ ކުންފުންޏެވެ.

އެ ކުންފުނީގެ އެމްޑީކަން އެންމެ ފަހުން ކުރެއްވެވީ ތޮއްޔިބް މުހައްމަދެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top