Close

ފުށިދިއްގަރު ފަޅު ހިއްކުމުގެ މަސައްކަތް މިއަދު ފަށަނީ!

ފުށިދިއްގަރު ފަޅު ހިމެނޭ ސަރަހައްދު

ރައީސް ޑރ މުޙައްމަދު މުޢިއްޒު ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދައިދެއްވުމަށް ހިއްކާނެ ކަމަށްވިދާޅުވި ފުށިދިއްގަރު ފަޅު ހިއްކުމުގެ މަސައްކަތް މިއަދު ފެށުމަށް ހަމަޖެހިއްޖެއެވެ.

ފުށިދިއްގަރުފަޅު ސަރަހައްދުގައި މިއަދު މިކަމަށް ޚާއްސަ ކޮށްގެން ބާއްވާ ޚާއްސަ ރަސްމިއްޔާތުގައި އެ މަޝްރޫޢު އިފްތިތާހުކޮށް ދެއްވާނީ ރައީސް ޑރ މުޙައްމަދު މުއިއްޒެވެ.

ފުށިދިއްގަރު ފަޅު ހިއްކުމުގެ މަސައްކަތް މިއަދު ފަށާއިރު ކުރިން އެފަޅު އޮތީ ކ.ގުޅީގެ އިޚްތިސާސުގެ ދަށުގައެވެ. ނަމަވެސް މިހާރު ވަނީ އެރަށުގެ އިޙްތިސާސުން ވަކިކޮށްފައެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ވެސް ފުށިދިއްގަރު ފަޅުގެ މަޝްރޫއަށް 400 މިލިއަން ރުފިޔާ ހިމެނި ނަމަވެސް މަޖިލީހުން ބަޖެޓު ފާސްކުރީ އެ ފައިސާ އުނިކުރުމަށްފަހު އެވެ. އެކަމަކު، ސަރުކާރުން ވަނީ އެ މަޝްރޫއަށް ފައިސާ ހޯދާނެ ކަމަށް ބުނެފަ އެވެ.

އެނގިފައިވާ ގޮތުގައި މިއަދު ފެށުމަށް ނިންމާފައިވާ އެ މަޝްރޫއު ހަވާލުކޮށްފައިވަނީ ސްރީ ލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން (ސީއެމްސީ)އާ އެވެ. ރައީސް ޑރ. މުއިއްޒު މީގެ ކުރިން ހާމަކުރެއްވި ގޮތުގައި ފުށިދިއްގަރު ފަޅު ހިއްކުމުގެ އަމަލީ މަސައްކަތް ފެށޭތާ 8 މަސް ދުވަހުގެ ތެރޭގައި މަސައްކަތް އެއްކޮށް ނިންމައިލެވޭނެއެެވެ.

 

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top