ދިވެހިރާއްޖޭގެ ސްކޫލުތަކުގައި ބުރުގާ އެޅުން މަޖުބޫރު ކުރަން އުޅޭ ކަމަށް ސޯޝަލްމީޑިއާގައި ފަތުރަމުން އަންނަ ވާހަކަ އެޑިޔުކޭޝަން މިނިސްޓްރީން ދޮގުކޮށްފިއެވެ.
މިކަމާއިގުޅިން މިނިސްޓްރީން ބުނީ ދަރިވަރުންގެ ޔުނިފޯމް ކޯޑަށް މިނިސްޓްރީއިން ބަދަލުތަކެއް ގެންނަން އުޅޭ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ޑޮކިޔުމަންޓަކީ އެއްވެސް އަސާސެއް ނެތް، ހަޤީޤަތާ ޚިލާފު ޑޮކިޔުމަންޓެއް ކަމަށެވެ.
''ދަރިވަރުންނާ ގުޅުންހުރި މިފަދަ ހައްސާސީ ކަންކަމުގައި ދޮގު ވާހަކަ ފެތުރުމަކީ ދަރިވަރުންގެ ނަފްސާނީ ދުޅަހެޔޮކަމަށާއި ވެލް-ބީންގ އަށް އޭގެ ނޭދެވޭ އަސަރު ކުރާނެ ކަމެކެވެ. ވީމާ، މިފަދަ ހަޤީޤަތާ ޚިލާފު، ދޮގު ޚަބަރުތައް ނުފެތުރުމަށް އެންމެހާ ފަރާތްތަކަށް އިލްތިމާސް ކުރަން'' މިނިސްޓްރީން ބުނެފަވެއެވެ.






