Close

އައްޑޫސިޓީ ހިތަދޫގައި ހިނގި އެކްސިޑެންޓެއްގެ މަންޒަރުދުށް މީހަކު ހޯދަނީ

އައްޑޫ ސިޓީ. ފޮޓޯ: އިންޓަރނެޓް

އައްޑޫސިޓީ ހިތަދޫގައި ހިނގި އެކްސިޑެންޓެއްގެ މަންޒަރުދުށް މީހަކު ހޯދުމަށް ފުލުހުން އިޢްލާނުކޮށްފިއެވެ.

ފުލުހުން ބުނެފައިވަނީ އައްޑޫ ސިޓީ ހިތަދޫގައި ހިނގި އެކްސިޑެންޓަކާ ގުޅިގެން ފުލުހުން ކުރަމުންދާ ތަހުގީގަށް، އެ އެކްސިޑެންޓުގެ މަންޒަރު ދުއް މީހަކު ހުރިތޯ ބެލުމަށް ބޭނުންވާ ކަމަށެވެ.

 

މި އެކްސިޑެންޓަކީ 2023 ޑިސެމްބަރު 11 ވަނަ ދުވަހުގެ 16:28 ހާއިރު ހިތަދޫ، މެދެއާރި މަގާއި ޝަރަފުއްދީން މަގު ގުޅުނު ހަތަރު އަނގޮޅިން، ކާރަކާއި ސައިކަލެއް ޖެހި ހިނގާފައިވާ އެކްސިޑެންޓެއް ކަމަށްވެސް އެމުއައްސަސާއިން ބުނެފައިވެއެވެ.

މި އެކްސިޑެންޓުގައި އަނިޔާވި، ސައިކަލު ދުއްވި 83 އަހަރުގެ ފިރިހެން މީހާ އަށް އޭޑީކޭގައި ދަނީ ފަރުވާދެމުން ކަމަށް ފުލުހުން ބުނެއެވެ.

 

އެކްސިޑެންޓުގެ މަންޒަރު ދުއް އެއްވެސް މީހަކު ހުރި ނަމަ ހިތަދޫ ޕޮލިސް ސްޓޭޝަންގެ ނަންބަރު 9791612 އަށް ގުޅުއްވައި ހިއްސާކޮށްދެއްވުން އެދޭ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

 

 

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top